އޮޅުވާލައިގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އޮޅުވާލައިގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ: ވަޒީރު

އޮޅުވާލައިގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދިއުމަށް ފަޤީރުންގެ ދަފްތަރުން ގުރުއަތުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވުމުގެ ކުރިން، އެ ފަރާތްތަކުގެ ހާލަތު އިތުރަށް ބަލައި، ފަޤީރުންގެ ޝަރުތުތަކަށް ފެތޭތޯ ކަށަވަރު ކުރެވޭނެއެވެ.

މި އަހަރު ދައުލަތުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަށް 50 ފަޤީރުން ވަނީ ހޮވާފައެވެ. އަދި އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތު ދިނުމަށް 10 މީހުން ވަނީ ރިޒާވްގެ ގޮތުގައި ހޮވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1،000 ފަޤީރުން ހައްޖަށް ފޮނުވުމަށް ވަޢުދުވެ ވަޑައިގެންފައެވެ. މިއީ އެ ވަޢުދު ފުއްދުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.

ފަޤީރުންގެ ދަފްތަރުގައި ޖެހުމަށް އޮޅުވާލާފައިވާކަން ސާބިތުވެއްޖެނަމަ، އެފަދަ ފަރާތްތަކަށް ލިބިފައިވާ ހައްޖުގެ ފުރުސަތު ގެއްލޭނެކަން ވަޒީރު ޝަހީމް ވަނީ ސާފުކޮށް ވިދާޅުވެފައެވެ. މިކަމުން ދޭހަވަނީ ސަރުކާރުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހާމަކަން ބޮޑު، އިންސާފުވެރި އުސޫލުތަކެއް ގެންގުޅޭނެކަމެވެ.

 

މިއަދު އޮންލައިން