އެއްވެސް މީހަކަށް އަބަދު ނަމާދުކޮށް ޤުރްއާން ކިޔެވުންމަތީގައި ހުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ގިނަގިނައިން ޛިކުރުކުރެވިދާނެއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައި ހުރެވިދާނެއެވެ. އެއީވެސް ހަމައަޅުކަމެވެ. އެއީވެސް ޤިޔާމަތްވުމުން އަލުން ދިރުއްވަވާއިރު ހެޔޮ ޢަމަލުކުރުންމަތީގައި ދިރުއްވެވުމުގެ ފުރުޞަތު ލިބެން އޮތް ކަމެކެވެ. އިން ޝާ ﷲ
ދަލީލު:
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يُبْعَثُ كُلُّ عَبْدٍ عَلَى مَا مَاتَ عَلَيْهِ»
[رواه مسلم (83 - (2878))]
މާނައީ: "ކޮންމެ އަޅަކުވެސް (ޤިޔާމަތް) ދުވަހުން އަލުން ދިރުއްވޭނީ އެމީހަކު މަރުވި ކަމެއްގެ މަތީގައެވެ."
އިޙްރާމުގައި މަރުވި މީހާ އަލުން ދިރުއްވޭނީ ތަލްބިޔާ ކިޔަމުންނެވެ.
ގިނަވަގުތު ހެޔޮ ޢަމަލުތަކުގައި މަޝްޣޫލުވެ އުޅޭނަމަ ހެޔޮ ޢަމަލެއްގެ މަތީގައި މަރުވުން ގާތްކަން ބޮޑެވެ. إن شاء الله.
- ޝައިޚް އިމްރާން މުޙައްމަދު ޢަލީ