ޒާތީ ރުޅިވެރިކަމާ ސިޔާސީ ވާދަވެރިކަމުގަ ވިޔަސް، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމާ ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށްވުމަށް ފަހުމީ އިލްތިމާސްކުރައްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޒާތީ ރުޅިވެރިކަމާ ސިޔާސީ ވާދަވެރިކަމުގަ ވިޔަސް، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމާ ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށްވުމަށް ފަހުމީ އިލްތިމާސްކުރައްވައިފި!

ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ. 

ޙުސައިން ފަހުމީގެ ބަސްފުޅު:

"އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ޙާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. 

ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯ!"

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުން ނުކުމެ ކުޑަކުދިންގެ ކަރާމާތަށް އަރައިގގަތުން ފަދަ ކަންކަން ކުރާނަމަ އެނގިގެންދަނީ އެޕާޓީއެއްގެ ޙަޤީޤީ ފެންވަރުކަމަށާއި އެގޮތުން މިހާރު ކުރިމަތިވެގެން މިއުޅޭ ބޮޑު ޖަރީމާއިން އެނގިގެންދަނީ އެމްޑީޕީ ބަލިކަށިވެ ނިކަމެތިވެފައިވާ ވަރުކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

 

މިއަދު އޮންލައިން