ކަމެއް ދިމާވެގެން ކަށުނަމާދަށް ލަސްވެ އިމާމް 3 ތަކްބީރު ކީފަހުން ނަމާދާއި ގުޅޭ މީހުން އެފަދަ މީހަކު ތިން ތަކުބީރުކިޔައި ފާއިތުވިބައި ފުރިހަމަކޮށް، މައްޔިތާ ގެންދިޔުމުގެ ކުރިން ސަލާމްދޭނީއެވެ.
އަދި ބަލާނީ އިމާމާއެކު އަދާކުރެވުނު ބަޔަކީ އޭނާގެ ނަމާދުގެ ކުރީކޮޅުކަމުގައެވެ. [ސޫރަތުލްފާތިޙާ] އަދި ދެވަނަ ތަކުބީރާ ތިންވަނަ ތަކުބީރަށްފަހު އެފަދަ މީހަކަށް ވާޖިބުވެގެންވާ އެންމެ މަދުމިންވަރަށް [ޛިކުރުތައް] ކިޔުމުން ފުދޭނެއެވެ.
ފަހެ ދެވަނަ ތަކުބީރަށްފަހު އެފަދަ މީހަކު ކިޔާނީ:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ
އެވެ.
އަދި ތިންވަނަ ތަކުބީރަށް ފަހު:
اللَّهُمَّ اغْفِرْ لَهُ
މިފަދައިންނެވެ.
އަދި ހަތަރުވަނަ ތަކުބީރަށްފަހު ސަލާމްދޭނީއެވެ.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ
- މަސްދަރު: ދިސަލަފިއްޔާ