ހަނދުމަކޮށްދިނުމެއް!: ސަޖިދަ ކުރާ އިރު ޖައްސަން ޖެހޭ ހަތް ގުނަވަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހަނދުމަކޮށްދިނުމެއް!: ސަޖިދަ ކުރާ އިރު ޖައްސަން ޖެހޭ ހަތް ގުނަވަން-

ނަމާދުގެ ކޮންމެ ޙަރަކާތަކީވެސް މުހިންމު ޙަރަކާތެކެވެ. ކޮންމެ މަޤާމަކީވެސް މުހިންމު މަޤާމެވެ. ޚާއްޞަކޮށް ސަޖިދަކުރާއިރު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އެ ވަޤުތަކީ ތިމާއަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތުކަމުގައިވާތީއެވެ.  

ސަޖިދަ ކުރާ އިރު ޖައްސަން ޖެހޭ ހަތް ގުނަވަން: 

1- ނިތްކުރި ނޭފަތާއި އެކުގައި

2-3 ދެއަތްތިލަ

4-5 ދެކަކޫ

6-7 ދެފައިތިލަ (އިނގިލި ތަކާއިއެކު)

(ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ވީހާ ގިނަ އިނގިލިތަކެއް ތަޅުމުގައި ޖައްސަން މަސައްކަތްކުރަންވާނެއެވެ. މަސައްކަތްކުރުމުން ނުޖެއްސޭ އިނގިލަތަކަށް ވަކީލްކުރާނީއެވެ.) 

ވީމާ މި 7 ގުނަވަން ވީހައި ފުރިހަމައަށް ޖައްސައިގެން ސަޖިދަކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން