މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު ބަލިޙާލެއްގައި އުޅެން ނުޖެހުނަސް ގިނަ ބައަކު މިކަންކަމަށް ވިސްނައި ހިތާމަ ކުރާނެ! ތިބާގެ ޙާލާމެދު ހަމަ މިއަދު ގޮތެއް ނިންމަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު ބަލިޙާލެއްގައި އުޅެން ނުޖެހުނަސް ގިނަ ބައަކު މިކަންކަމަށް ވިސްނައި ހިތާމަ ކުރާނެ! ތިބާގެ ޙާލާމެދު ހަމަ މިއަދު ގޮތެއް ނިންމަންވާނެ!

މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު ގިނަ ބައަކު ވިސްނާނެ ކަންތައްތަކެއް ހުރެއެވެ. އަދި ބަލިޙާލެއްގައި އުޅެން ނުޖެހުނަސް ވިސްނާނެ ކަންތައްތަކެއް ހުރެއެވެ. 

ދިރާސާތަކުން އެނގޭ ގޮތުގައި އެއިގެ ތެރޭގައި މަސައްކަތަށް އިސްކަންދޭންވެގެން އަޅުކަމަށް ވަޤުތު ނުދެވުން، ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކޮށް އެކަލާނގެ ޙަޟްރަތުން ރުހިވޮޑިގަތުން ލިބިގެން ހިތްހަމަޖެހުން ހޯދަން އުޅެވުމުގެ ބަދަލުގައި އެކުވެރިންނާއި މީސްތަކުންގެ ގާތުން ހިތްހަމަޖެހުން ހޯދަން އުޅެވުން (އެކަމަށް ވަޤުތުތައް ބޭކާރުކޮށްލެވުން)، ހިމެނެއެވެ. 

މިވިސްނުންތައް އޭނާއަށް އެލިބެނީ އެޙާލަތުގައި އޭނާ އަޅުކަންކުރުން ގިނަކުރަން ބޭނުންވާތީއެވެ. ނަމަވެސް އެޢުމުރަށްދާއިރު އެކަން ފުރިހަމަ ގޮތުގައި ކުރެވޭކަށް ނުއޮވެއެވެ. ގައިބާރުދެރަވާތީއެވެ. ގިނައިރުކޮއްޅަށް ހުންނަނަްވެސް އުނދަގޫވާތީއެވެ. ގިނަ ބައަކަށް އެމީހުންގެ މައިބަދަ ގުދުކޮށް ނުލެވޭތީ ސަޖިދަވެސް ނުކުރެވޭތީއެވެ. 

އަދި ގިނަބައަކަށް އެމީހުންގެ ލޮލުގެ ޙާލު ހުންނަ ގޮތުން ޤުރްއާން ކިޔަވައި ނުލެވޭތީއެވެ. ޤުރްއާނުން މިންވަރެއް ހިތަދަސްކުރަން ކިތަންމެ ބޮޑަށް ބޭނުންވިޔަސް އެކަކުރަންވެސް ހުރަސްތައް ކުރިމަތިވާތީއެވެ. އެއީ އެ ޢުމުރުގައި ހިތުދަސްކުރަން ފަސޭހަނުވާތީއެވެ. 

ޒުވާން ޢުމުރުގައި ވިހާ ގިނައިން އަޅުކަންކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ﷲ ތަޢާލާ ތިމާގެ ޢުމުރު ދިގުކުރެއްވެވި ނަމަވެސް ޢުމުރުގެ ފަހުކޮޅުގައި ކަންކަން ވެގެންދާނެ ގޮތް ނުއެނގޭތީއެވެ. އެއްވެސް ޙާލެއްގައި މިބުނަނީ ޒުވާން ޢުމުރުގައި ދެރަގޮތެއް މެދުވެރިނުވާނެ ވާހަކައެއް ނޫނެވެ. ދެންމެ މިބަޔާންކުރި ފަދަ މައްސަލަތައް މުސްކުޅި ޢުމުރުގައި ކުރިމަތިވާލެއް ގިނަކަމުންނެވެ. އެކަމަށް އޮތް ފުރުޞަތު ބޮޑުކަމުންނެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ދިރިއުޅެމުން ތިއަގެންދަނީ މުސްކުޅި ޢުމުރުގައި މިބަޔާންކުރި ފަދަ ކަންކަމަށް ވިސްނައި ހިތާމަކުރަން ނުޖެހޭނެ ގޮތަށް ހެއްޔެވެ؟ ނޫންނަމަ ވަޤުތު އޮއްވައި އަވަހަށް ޢަމަލުތައް އިޞްލާޙްކޮށްލާށެވެ! މުސްކުޅި ޢުމުރުގައި މިކަންކަމަށް ހިތާމަކުރަން ނުޖެހޭނެ މީހަކަށް އަވަހަށް ބަދަލުވާށެވެ! 

ދުނިޔޭގައި އުޅެވުނު ގޮތާއިމެދު ކިތަންމެ ވަރަކަށް ހިތާމަކުރިޔަސް ފައިދާއެއް ނުކުރާނެ ދުވަހު (ޤިޔާމަތް ދުވަހު) ހިތާނަކުރަން ނުޖެހޭނެ މީހަކަށް ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން