ޔާޖޫޖު މާޖޫޖު ބާގައިގެ މީހުން-: ޛުލްޤަރުނައިނި ލެއްވެވި ފާރު ވީކޮން ތަނަކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޔާޖޫޖު މާޖޫޖު ބާގައިގެ މީހުން-: ޛުލްޤަރުނައިނި ލެއްވެވި ފާރު ވީކޮން ތަނަކު؟

ބައަކު ޤަބޫލުކުރިޔަސް ނުކުރިޔަސް ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވާނެއެވެ. ދުނިޔެއިން ފެނިފައި\ނުވާފަދަ އަނިޔާވެރިކަން ބޮޑު ޖަރީމާތައް ހިންގާނެއެވެ. އެއީ ﷲ ތަޢަލާ ފޮނުއްވަވާ ޚާއްޞަ ބައެއްވެސް ނޫނެވެ. އެއީ މިހާރުވެސް ދުނިޔޭގައިވާ ބައެކެވެ.  

މިހައިތަނަށް ކުރެވިފައިވާ ގިނަ ރިސާޗްތަކަށް ބައްލަވައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔާޖޫޖް މާޖޫޖްބާގައިގެ މީހުން ދުނިޔެއަށް ނުކުތުން ހުރަސް އެޅޭނެ ގޮތަށް ކަހްފި ސޫރަތުގައިވާ ފަދައިން ޛުލްޤަރުނައިނި ލައްވަވައި ދެއްވެވި ބޮޑުފާރު ވަނީ ކިރިކިސްތާނުގެ ސަރަހައްދެއްގައެވެ. 

އެމީހުން ކޮންމެ ދުވަހަކު ގެންދަނީ އެފާރު ވައްޓާލުމަށްޓަކައި ކޮންނަމުންނެވެ. ކޮންމެ ދުވަހަކު ކޮންނަތަންވެސް އަނެއް ދުވަސްވާއިރު ﷲ ތަޢާލާ ފުރުއްވަވައި ލައްވަވަނީއެވެ. ނަމަވެސް ޤިޔާަތް ގާތްވުމުން އެމީހުންނަށް މިނިވަންވި ނުކުތުމުގެ ފުރުޞަތު ﷲ ތައާލާ ދެއްވަވާނެތެވެ!  

އެމީހުން މަރުވެހުސްވެގެންދާނީ ޢީސާގެފާނު އެކަމަށް އެދިވަޑައިގެން ދުޢާޢާކުރެއްވެވުމުންނެވެ!  

ފަހުޒަމާނުގައި ފައުޅުވާނެ ކަންފަތްބާގައިގެ މީހުން ނުވަތަ ޔާޖޫޖު މާޖޫޖު ބާއިގެ މީހުންނަކީ އިންސާނުންގެތެރެއިން ހިމެނިގެންވާ ބައަކު ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އަދި އެމީހުންނާއި ޔަހޫދީންނާއި އެއްވެސް ގުޅުމެއް ވޭތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ.  

الإمام النووي  رحمه الله ވިދާޅުވެފައިވެއެވެ. ”ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެބައިމީހުންނަކީ (އެބަހީ: يأجوج مأجوج ބާގާ ގެ މީހުންނަކީ) އާދަމު عليه السلام ގެ ދަރިންނެވެ.  

އަދި  ابن عبد البر رحمه الله ވިދާޅުވެފައިވެއެވެ. އެބައިމީހުންނަކީ  يافث بن نوح عليه السلام ގެ ދަރިކޮޅު ބައެއްކަމަށް އިޖުމާޢު ނަގުލުވެގެން ވެއެވެ. 

والله أعلم

 

 

 

 

މިއަދު އޮންލައިން