ކައްވަޅުގައިވެސް އެމީހަކަށް ގަދަފަދަ ޢަޛާބް ދެއްވަވާ ނުރައްކާތެރިކަން ބޮޑު ފާފައަށް ބިރުވެތިވަމާ! ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވާ އެންމެ ބޮޑު ސަބަބަކީވެސް އެފާފަ ޢާންމުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ކައްވަޅުގައިވެސް އެމީހަކަށް ގަދަފަދަ ޢަޛާބް ދެއްވަވާ ނުރައްކާތެރިކަން ބޮޑު ފާފައަށް ބިރުވެތިވަމާ! ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވާ އެންމެ ބޮޑު ސަބަބަކީވެސް އެފާފަ ޢާންމުވުން!

ﷲ ތަޢާލާ ކަންކަން ޙަރާމް ކުރައްވަވާފައިވަނީ އެކަންކަން ކުރުމުން ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް އަދި އެއިގެ އިތުރުން ޢާއިލާއަށާއި މުޖުތަމަޢަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީއެވެ. އެކަމެއް ކުރުމުން ފައިދާކުރާނެ އެއްވެސް ކަމެއް ޙަރާމް ކުރައްވަވާފައެއް ނުވެއެވެ. އެކަންކަން ވަނީ ހުއްދަ ކުރައްވަވާފައެވެ.

ދޮގުހެދުން މީސްތަކުންގެ މެދުގައި ޢާންމުވެފައިވާ މިންވަރުން އެއީ ފާފައެއްކަމަށް ދެކެ ބިރުވެތިވަނީ ހާދަ މަދު މީހެކެވެ. ދޮގުހެދުމަކީ ހިތްހަމަ ޖައްސައިލަން ކުރާ ކަމަކަށްވެސް ހަދައިފިއެވެ. ވީމާ ދޮގުހެދުމަކީ ކިހައި ގަދަފަދަ ޢަޛާބު ކައްވަޅުގައިވެސް ދެއްވަވާ ކަމެއްކަން އެނގެން އެބަ ޖެހެއެވެ.

ކަށްވަޅުގެ ފިތުނަތަކަށް ރައްކާތެރިވާވްވާނެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން އިސްރާއާއި މިޢުރާޖުގެ ޙަދީޘްގައި ޖިބްރީލް عليه السلام ނަބިއްޔާ صلى الله عليه وسلم އަށް ބަޔާންކޮށްދެއްވާފައިވެއެވެ.

އެއިގެ ތެރޭގައި ހިމެނޭ ދެކަމަކީ:

1 ދޮގު ވާހަކަތައް ފެތުރުން

"--وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ، يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ، فَيَكْذِبُ الكَذْبَةَ تَبْلُغُ الآفَاقَ» "رواه البخاري]

މާނައީ: "އަދި އެމީހެއްގެ ކޮލުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ނޭފަތުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ލޮލުން ފެށިގެން ފުއްކިބައާ ހަމައަށް ބުރިކޮށްލެވެމުން ދިޔަ މީހާއާމެދު ދަންނައެވެ. އޭނާއަކީ (ކޮންމެ ދުވަހަކުވެސް) ގެއިން ނުކުމެގެން ގޮސް، އުދަރެހާ ހަމައަށް ފޯރާވަރަށް ދޮގުހަދާ މީހާއެވެ."

2 ރިބާ ކެއުމާއި އެކަން ހުއްދަކުރުން.

"--وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يَسْبَحُ فِي النَّهَرِ وَيُلْقَمُ الحَجَرَ، فَإِنَّهُ آكِلُ الرِّبَا—" [رواه البخاري]

މާނައީ: "އަދި ކޯރުގައި ފަތަމުން ހިލަތައް ދިރުވަމުންދިޔަ މީހާއާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެއީ ރިބާކާ މީހާއެވެ."

އާޚިރަތް ދުވަހަށް އީމާންވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި: ކަށްވަޅުގެ ޙަޤީޤަތްތަކަށް އީމާންވުން ހިމެނެއެވެ. އެއީ ކިޔަމަންތެރިކަން އަދާކުރިމީހުންނަށް ކަށްވަޅުގައި ލިބޭ ނިޢުމަތްތަކަށް އީމާންވުމާ އަދި ފާފައާއި ފާޖިރުކަމުގެ އަހުލުވެރިންގެ ތެރެއިން ކަށްވަޅުގައި ޢަޛާބު ޙައްޤުވާ މީހުންނަށް ހުރި ޢަޛާބަށް އީމާންވުމެވެ.

އަޅާ ކަފުންކޮށް ވަޅުލުމުން އަދި އޭނާގެ އަހުލުންނާއި މުދާތައް އޭނާ ދޫކޮށް ދިއުމުން އޭނާއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރާނީ ދެމަލާއިކަތުންނެވެ. އެއީ އޭނާ އިމްތިޙާނު ކުރުމަށެވެ.

ބުއްދިވެރިއަކީ މަރުވުމުގެ ކުރިން އެކަމަށް ތައްޔާރުވާ މީހާއެވެ. އަދި އޭނާގެ ކަށްވަޅުގެ ކަންތައްތަކަށް ތައްޔާރުވާމީހާއެވެ. އަދި އޭނާގެ ޢުމުރު ހެޔޮ ޢަމަލުކުރުމުގައި ހޭދަކުރާމީހާއެވެ. އެއީ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށް ހެދުމަށެވެ. ތިމާގެ ކައްވަޅަކީ ނަރަކައިގެ ވަޅުގަނޑަކަށް ނުހެދުމަށެވެ.

--الشيخ عبد البارئ بن عواض الثبيتي حفظه الله

މިއަދު އޮންލައިން