މިއަހަރުވެސް ބައެއް ކިޔުން ތެރިން ހަމަ މިމައްސަލައިގައި ސުވާލުކުރައްވާތީ މިގެނެސްދެނީ ޢަމަލުކުރައްވަން އޮތް ގޮތެވެ. އިން ޝާ ﷲ
އަޅުގަނޑާއި އަޅުގަނޑުގެ ބައެއް އެކުވެރިން އުޅެނީ ރަށުގައެވެ. ގޭގައި ނަމާދުކުރާކަށް ދަތިކަމެއް ނެތެވެ. މިހާރުވެސް ނަމާދުކުރަނީ ގޭގައެވެ. އަންހެނުންނަށް އޮތީ ގޭގައި ނަމާދުކުރުންކަންވެސް އެނގެއެވެ.
އެހެންކަމާއިއެކުވެސް ރަމަޟާން މަހު މިސްކިތުގައި ތަރާވީޙް ނަމާދުކުރަނީ ޚަޠިމްކުރަން ކަމަށްވުމުން މިސްކިތަށް ވަރަށް ދާހިތްވެއެވެ. އެހެންކަމުން ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ކިޔުނަތެރިޔާގެ ސުވާލަށް ޝައިޚް ޢިއްޒުއްދީން ޢަދްނާން ދެއްވި ޖަވާބު:
"އަންހެނުން ނަމާދުކުރުން އޮތީ ގޭގައެވެ. ނަމަވެސް ގޭގައި އެކަނި ހުރެގެން ކުރެވޭނެ ގޮތަށްވުރެ ފުރިހަމައަށް ކުރެވޭނެ ކަމަށްވާނަމަ މިސްކިތުގެ ޖަމާއަތަށް ދިއުމަކީ ހުއްދަކަމެކެވެ. މިސްކިތަށް ނަމާދަށްދާން ބޭނުންވާ އަންހެނުން ދިއުން މަނާކުރުމެއްވެސް ނެތެވެ.
މިސްކިތަށް ދާންވާނީ ކުރިން މިބުނި ފަދައިން ގޭގައި އެކަނި ކުރުމަށްވުރެ ފުރިހަމަކޮށް ކުރެވޭނެ ނަމައެވެ. އެކަމުގެ ސަބަބުން ތަޤްވާވެރިކަން އިތުރުވާނެ ނަމައެވެ. ޝައުޤްވެރިކަމާއިއެކު ޤުރްއާން އަޑުއަހައި ނަމާދުކުރެވޭނެ ނަމައެވެ.
އަދި ރަށެއްގައި ނަމަ އެކަމުގެ ސަބަބުން ފިތުނައެއް އުފެދުމަށް ޖާގަދީގެން ނުވާނެއެވެ. އަދި ފިރިމީހާގެ ހުއްދަ ހޯދަންވެސްވާނެއެވެ.
ގުޅުންހުރި ޙަދީޘް:
Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Do not prevent women from their share of the mosques, if they seek your permission.”
Source: Ṣaḥīḥ al-Bukhārī 900, Ṣaḥīḥ Muslim 442 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
މި ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި މިސްކިތަށް ދާންބޭނުންވާ އަންހެނުންނަށް އެކަން މަނާކުރުމެއް ނެތެވެ. މަނާކޮށްގެންވެސް ނުވާނެއެވެ.
ގުޅުން ހުރި ލިޔުމެއް: މިލިޔުމުގައިވާ ޙަދީޘްފުޅުގައިވެސް އޮތީ އަންހެނުންނަށް ރަނގަޅި ގޭގައި ނަމާދުކުރުން ނަމަވެސް މިސްކިތަށްދާން ބޭނުންވާ އަންހެނުންނަށް އެކަން މަނާނުކުރުމަށެވެ.
https://islamqa.info/en/answers/983/can-women-go-to-the-mosque