ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް: ނައިބު ރައިސް

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް: ނައިބު ރައިސް

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ، "ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށް" ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ޙައްގުތައް ގެއްލޭގޮތަށް ވާހަކަދައްކާފައިވާ މައްސަލައާ ގުޅިގެން ނައިބު ރައީސް މި ޕޯސްޓް ކުރައްވާފައިވާއިރު، އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ.

މީގެއިތުރުން ނައިބު ރައީސް ވިދާޅުވެފައިވަނީ "އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް" ކަމަށާއި، މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސްކަމުގައެވެ.

ނައިބު ރައީސްގެ މި ބަސްފުޅުތަކުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޒިންމާދާރު ގޮތެއްގައި ޢަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މިއަދު އޮންލައިން