ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން 2 މެންބަރުން އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން 2 މެންބަރުން އައްޔަންކޮށްފި

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރާ ދެ މެންބަރުން މިއަދު އައްޔަންކޮށްފިއެވެ. މި ދެ މެންބަރުންނަކީ އަހުމަދު ސަރުވަޝް އާދަމާއި އަބްދުލް މާޖިދު އަލީއެވެ.

އިކޮނޮމިކްސް އަދި އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަހުމަދު ސަރުވަޝް އާދަމަކީ މީގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޗެއަރޕާސަންކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައި މަސައްކަތްްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އެންމެ ފަހުގެ މަޤާމަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަޤާމެވެ.

ބޭންކިން އަދި ފައިނޭންސިން ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަބްދުލް މާޖިދު އަލީއަކީ 2022 ވަނަ އަހަރުވެސް ޕެންޝަން ބޯޑުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

މި އައްޔަންކުރުމާއެކު، ޕެންޝަން އޮފީހުގެ ބޯޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން