ކުޑަގިރި ދޫނިއާ ރެކް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކުޑަގިރި ދޫނިއާ ރެކް ހުޅުވާލައިފި

ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ތާރީޚީ މުހިންމު ބައެއް ކަމުގައިވާ އެއަރ މޯލްޑިވްސްގެ ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތައި، އައު ޑައިވް ސައިޓެއް ހުޅުވާލައިފިއެވެ. "ކުޑަގިރި ދޫނިއާ ރެކް" ގެ ނަމުން މިސައިޓު ހުޅުވާޅުވާލީ އިއްޔެއެވެ.

މި ޑައިވް ސައިޓަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްއެމްޕީއާރްސީ، އެޗްޑީސީ އަދި އެމްޓީސީސީ ގުޅިގެން ތަރައްޤީކޮށްފައިވާ ސައިޓެކެވެ. މިސައިޓުގައި ވަނީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތު ފެށުނުއިރު ބޭނުންކުރި ޑޯނިއާ 228 މާކާގެ ދެ އެއަރކްރާފްޓް މޫދަށް ފައްތާފައެވެ.

މިއަދު އޮންލައިން