ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމްދީނުގައި ޢިލްމު އުނގެނުމަކީ ވަރަށް މާތް ކަމެކެވެ. ޝައްކެއްވެސްނެތްގޮތުގައި ކީރިތި ޤުރްއާނުގެ ފުރަތަމަ ބަސްތައް ބާއްވައިލެއްވުނީ ޢިލްމާ ގުޅޭ ގޮތުންނެވެ. اقرأ ކިޔަވާށެވެ.
ކިޔެވުމުގެ މާނައަކީ އަދި އަމިއްލަ ނަފްސަށް ތަޢުލީމު އުނގެނުމެވެ. ސަބަބަކީ ކިޔެވުމުގެ ޒަރިއްޔާއިން އަޅުގަނޑުމެން ތަޢުލީމު ޙާޞިލުކުރާ ބަޔަކަށް ވެގެންދެއެވެ.
އެހެންވީމާ އިސްލާމްދީން ތަޢުލީމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދެއެވެ.
އަދި އަޅުގަނޑުމެން ޔަހޫދީންނާއި، نصارى ންގެ ވާހަކަ ދެއްކީމެވެ. އެއުރެންނީ، ތަޢުލީމު ޙާޞިލުކުރި މީހުންނެވެ. ނަމަވެސް އެއުރެން އެއަށް تبع އެއް ނުވެތެވެ. އަދި ތަޢުލީމު ނުލިބި، އަޅުކަންތައް އުފެއްދިއެވެ.
ފަހެ، އިސްލާމްދީން ވަނީ މެދުގައެވެ. އެންމެ ތެދުގޮތަށެވެ. އިސްލާމް ދީނަކީ އުނގެނުމާއި އެއަށްފަހު ތަބާވުމެވެ.
އިމާމް އަލް ބުޚާރީ ގެ ޙަދީޘް ފޮތުގައި ވަކި ބާބެއް ވެއެވެ. އެބާބަށް ނަން ދެއްވާފައި ވަނީ ބާބުލް ޢިލްމި ޤަބްލަލް ޤައުލި ވަލްޢަމްލް އެވެ.
ބަސްބުނުމާއި ޢަމަލުކުރުމުގެ ކުރިން ޢިލްމުގެ ބާބެވެ. ވާހަކަ ދެއްކުމުގެ ކުރިންނާއި ޢަމަލުކުރުމުގެ ކުރިން ތިބާއަށް އެނގެން ޖެހޭނެއެވެ.
ތިޔަބައިމީހުންނަށް ޢިލްމު ނޭނގި ތިޔަބައިމީހުންނަށް عمل އެއް ނުކުރެވޭނެތެވެ. އަދި ޢިލްމު ނޭނގި ތިޔަބައިމީހުންނަށް އެކަމެއް ކޮށްފިނަމަ ތިޔަބައިމީހުން ފާފަވެރިވާނެއެވެ.
މިސާލަކަށް ތިބާ ޙައްޖަށް ދާނަމަ އެކަމުގެ ޢިލްމު އުނގެނެން ވާނެއެވެ. އެކަމުގެ ޝަރުތުތައް އުނގެނެންވާނެއެވެ. ތ ތިބާ ބޭނުންވާ ގޮތަކަށް ޙައްޖުގެ އަޅުކަން އަދާނުކުރެވޭނެއެވެ. ފާފަވެރިވާނެއެވެ. ތިބާ ޒަކާތް ދައްކަން ވާނެއެވެ. އަދި ޒަކާތުގެ ޝަރުތުތައް އުނގެނެން ވާނެއެވެ.