2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފައިވާނަށް އަރައި ފޭބުމުގަ ސުންނަތް ގޮތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފައިވާނަށް އަރައި ފޭބުމުގަ ސުންނަތް ގޮތަކީ ކޮބާ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.    

މިއަދުގެ ސުވާލު:

ފައިވާނަށް އަރައި ފޭބުމުގަ ސުންނަތް ގޮތަކީ ކޮބާ؟  

އެހީ:

ފައިވާނަށް އަރައި ފޭބުމުގައި ސުންނަތް ގޮތަކީ އަރާއިއރު ކަނައަތުފައި އިސްކުރުމާއި އަދި ފައިބާއިރު ވައަތު ފައި އިސްކުރުމެވެ. މާނައަކީ ފައިވާނަށް އަރާއިރު ފުރަތަމަ ކަނައަތު ފައިވާންކިބައަށް އެރުމެވެ. ފައިބާއިރު ފުރަތަމަ ވައަތު ކިބައިން ފޭބުމެވެ.  

މިއީ ގިނަ ބައަކު މިސުންނަތް މަތިން ހަނޑާންވެސް ނުކުރެއެވެ. މިހުންނަނީ ކުދިކުދި ކަންކަން ނަމަވެސް ޢަމަލުކުރުމުން ޘަވާބު ދެއްވަވާނެ ކަންކަމެވެ.

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “When one of you puts on his shoes, let him begin with his right side. When he removes his shoes, let him begin with his left side. Let him wear both shoes together and remove both shoes together.”

Source: Ṣaḥīḥ Muslim 2097

Grade: Sahih (authentic) according to Muslim  

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން