ނަރަކައިގެ އަލިފާން ތިބާގެ ގައިގަ ނުވެސް ބީހޭނެ މީހަކަށްވުމަކީ ހާދަފަސޭއިން ޙާޞިލުކުރެވެން އޮތް ކަމެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ނަރަކައިގެ އަލިފާން ތިބާގެ ގައިގަ ނުވެސް ބީހޭނެ މީހަކަށްވުމަކީ ހާދަފަސޭއިން ޙާޞިލުކުރެވެން އޮތް ކަމެކެވެ! އިން ޝާ ﷲ

ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު ބޭނުމަކަށްވާނީ ނަރަކައިން ސަލާމަތްވެވުމާއި ސުވަރުގެ ލިބުމެވެ. ނަރަކައިން ސަލާމަތްވެވިއްޖެ މީހަކަށް ސުވަރުގެ ލިބޭނެކަން އެއީ ޔަޤީންކަމެކެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށްޓަކައި މިޙަދީޘްފުޅަށް ޢަމަލުކުރުމަކީ އެއްވެސް ބުރައެއް އުފުލަންޖެހޭނެ ކަމެއްވެސް ނޫނެވެ. 

ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫބޮޑު އެއްކަމަކަށްވެފައި މިއޮންނަނީ މީސްތަކުންނަށް މާފުކުރުމެވެ. ޚާއްޞަކޮށް ތިމާއަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ދީފިނަމަ މާފުކުރަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ.  

ހިތާމައަކީ އެގޮތަށް ޢަމަލުކުރުމުން މިނަގައިލެވެނީ ނަރަކައިގެ އަލިފާން ތިމާގެ ގައިގައި ނިހިފައި ނަރަކައިގެ އަލިފާނުން ސަލާމަތްވެވެން އޮތް ފުރުޞަތުކަމާއިމެދުގައި ވިސްނައި ނުލެވޭކަމެވެ.  

ނަރަކައިގެ އަލިފާން އެމީހެއްގެ ގައިގައި ނުވެސް ބީހޭނެ މީހެއްގެ ވާހަކަ ރަސޫލް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.  

حَدَّثَنَا هَنَّادٌ، حَدَّثَنَا عَبْدَةُ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ مُوسَى بْنِ عُقْبَةَ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو الأَوْدِيِّ، عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ عَلَى كُلِّ قَرِيبٍ هَيِّنٍ لَيِّنٍ سَهْلٍ ‏"‏ 

މާނައީ: "އެމީހެއްގެ ގައިގަ ނަރަކައިގެ އަލިފާން ނުހިފާނެ މީހެއްގެ ވާހަކަ ތިމަންކަލޭގެފާނު ތިއަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެމީހަކީ އެއީ މީސްތަކުންނަށް ފަސޭހައިން މާފުކުރާ، އެމީހާގެ ޙައްޤަކަށް މީހަކު އަރައިގަތް ނަމަވެސް އެއީ މާބޮޑު ކަމެއްކަމަށް ނުހަދައި ފަސޭހައިން މާފުކޮށްލާ މީހުން."  (ތިރުމިޛީ: 2488)  

(ޙަދީޘް މާނަކޮށްދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް)

 ‏

 

 

 

މިއަދު އޮންލައިން