ހާދަ ދެރައެވެ! މިއަހަރުވެސް މިހާއަވަހަށް ނަމާދަށް ފަރުވާކުޑަކުރަން ފެށީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހާދަ ދެރައެވެ! މިއަހަރުވެސް މިހާއަވަހަށް ނަމާދަށް ފަރުވާކުޑަކުރަން ފެށީހެއްޔެވެ؟

ރަމަޟާން މަސް އަދިކިރިޔާ ދެބައިވީއެވެ. ގިނަމިސްކިތްތަކުން ނަމާދުކުރުމުގެ ރޫޙް ކެނޑެންފަށައިފިއެވެ. މިބުނެވެނީ ނަމާދުކުރަން މިސްކިތަށްދާ މީހުންގެ ޢަދަދު މިހައި އަވަހަށް މަދުވާން ފަށައިފި ވާހަކައެވެ.

މަޣްރިބް ނަމާދަށްފަހު ބައެއް މިސްކިތްތައް ރޭގައި ފަޅުވިއެވެ. ރޭއަޅުކަންކުރި މީހުންގެ އަދަދުވެސް ރޭގައި މަދެވެ. ފަތިސްވުމުގެ 10 ވަރަކަށް މިނިޓްއިރުކުރިން ފުރިބާރުވަމުން އައި ބައެއް މިސްކިތްތައް ރޭގައި ފުރުނީ ބަންގިގޮވިފަހުންނެވެ. އަދި ޖަމާއަތަށް ދިއަ މީހުންގެ ޢަދަދުވެސް މަދެވެ. 

މިސްކިތްތަކުގެ އަހުލުވެރިން ރޭގައި ވަރަށް ހިތާމަކުރިއެވެ. ބައެއް މީހުން ބުންޏެވެ. "ދެން ޙާޒިރީ ރަނގަޅުވެލާނީ ފަހު ދިހަ ފެށުނީމައެވެ. 25، 27 އާއިއެކު އެކަންވެސް ނިމޭނެއެވެ." އެހެން އެބުނަނީ ކޮންމެ އަހަރަކުވެސް އެގޮތަށް ކަންތައްތައް މެދުވެރިވާތީއެވެ. 

ސަމާސައަށް ނަމަވެސް މީހުން ދައްކާ ވާހަކައެއް އޮވެއެވެ. އެއީ ކޮންމެ ރަމަޟާން މަހަކަށް ޞައްދާމް ޙުސައިން ފޮނުއްވާ ބައަކު ރާއްޖެ އަންނަ ވާހަކައާއި 27 ވިލޭރޭ ނިމުމުން އެމީހުން ރާއްޖެއިން ފުރައިގެންދާ ވާހަކައެވެ. މިއަހަރު އެމީހުން ފުރަން އެފެށީ ތަންކޮޅެއް އަވަހަށްތާއެވެ! 

ޑރ. ޝަހީމް ރެކޯޑްކޮށްދެއްވާފައިވާ ތިރީގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ 

ގުޅުންހުރި ވީޑިއޯ:  

މިއަދު އޮންލައިން