އަނިޔާވެރިވާ މީހުންގެ މަތިން ހަނދާން ނެތުމަކީ ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތެއް! އެމީހުންގެ މަތިން ހަނދާން ނެތުމުން ކުރާނެ ފައިދާތައް ވަރަށް ގިނަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަނިޔާވެރިވާ މީހުންގެ މަތިން ހަނދާން ނެތުމަކީ ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތެއް! އެމީހުންގެ މަތިން ހަނދާން ނެތުމުން ކުރާނެ ފައިދާތައް ވަރަށް ގިނަ!: މުފްތީ މެންކް

ކިތަންމެ ބޮޑު އަނިޔާއެއްކުރި މީހަކު ނަމަވެސް އަދި ކިތަންމެ ބޮޑު ގެއްލުމެއް ދިން މީހަކު ނަމަވެސް ތިބާގެ ކިބައިން މާފަށް އެދިއްޖެނަމަ އަވަހަށް އެމީހަކަށް މާފުކުރާށެވެ! ބުނާށެވެ! "އަހުރެން ކަލެއަށް މާފުކޮށްފީމެވެ. ނަމަވެސް ކުރި ކަންތައް ހަނދާން ނައްތައެއް ނުލަމެވެ."  

ދެން ކުރާނެ ސުވާލަކީ ހަނދާން ނައްތައިނުލާނަމަ މާފުކުރިކަމަށްވާނެ ހެއްޔެވެ؟ ޖަވާބަކީ މާފުކުރުމާއި ހަނދާން ނައްތައިލުމަކީ ތަފާތު ދެކަމެކެވެ. އެމީހާ ކުރި ހަނދާންކުރަންވެސް ޖެހެއެވެ. އެއީ އެމީހާގެ ކިބައިން އެފަދަ އިތުރު ގެއްލުމެއް ލިބުނަ ނުދިނުމަށެވެ.  

ވިސްނަންވާނެ ކަމެއްވެސް އެބައޮތެވެ! މާފުކުރުމަށްފަހު އެމީހަކު އެފަދަ ކަމެއް ތަކުރާރުނުކުރާނަމަ ކުރިން ކުރި ކަންތަކުގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. އެހެން ނޫންނަމަ އެއޮތީ މާފުނުކުރެވިއެވެ. އެއިރުން މާފުކުރި ކަމުގެ ޘަވާބެއް ނުލިބޭނެއެވެ.  

ދެން ބުނެލަން ބޭނުންވަނީ ހަނދާން ނައްތާލަން ބޭނުންނުވިނަމަވެސް ދުވަސްތަކެއްވުމުން އެކަން ހަނދާން ނެތިގެން ދެއެވެ. އެއީ ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތެކެވެ. އެހެނީ ލިބުނު އަނިޔާގެމަތިން ހަނދާން ނެތުމުން އެކަމަށް ވިސްނާކަށް ނުޖެހޭނެއެވެ. ވިސްނަން ނުޖެހުނީމާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަދި ހިތުގައި ރުޅިވެރިކަމެއްވެސް ނުއޮންނާނެއެވެ. ޚާއްޞަކޮށް ޙަސަދަވެރިއެއް ނުވެވޭނެއެވެ. ބަދަލުހިފުމުގެ ވިސްނުންވެސް ނެތިގެންދާނެއެވެ!

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން