އަތުގަ އެއްވެސް އެއްޗެއް ނެތިވެސް މިދުޢާ ކޮށްފިނަމަ އެމީހަކަށް ބޭނުންވާނެ ހުރިހާ ކަމެއް ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަތުގަ އެއްވެސް އެއްޗެއް ނެތިވެސް މިދުޢާ ކޮށްފިނަމަ އެމީހަކަށް ބޭނުންވާނެ ހުރިހާ ކަމެއް ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

މޫސާގެފާނު މިޞްރުން ނުކުމެވަޑައިގެން މަދްޔަނަށް ވަށައިގަތީ އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތިއެވެ. ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއްވެސް ނެތިއެވެ. މޫސާގެފާނު އެޙާލުކޮޅުގައި މަދްޔަންގައި ހުންނަވައިގެން ކުރެއްވެވި ދުޢާ ޤުރްއާނުން އެނގެން އެބައޮތެވެ. 

އެދުޢާއަކީ: 

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ 

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ."

(އަލް ޤަޞަޞް: 24) 

މިދުޢާ ކުރެއްވެވުމުން ﷲ ތަޢާލާ މޫސާގެފާނަށް އަނބިކަނބަލަކު ދެއްވެވިއެވެ. ހުންނަވާނެ ގެކޮޅެއް ދެއްވެވިއެވެ. ކުރައްވަވާނެ މަސައްކަތްޕުޅެއް ލިބިވަޑައިގެންނެވިއެވެ. 

ވީމާ އަތުގައި އެއްވެސް އެއްޗެއް ނެތަސް، ކިތަންމެ ބޮޑު ދަތިޙާލެއްގައި ހުރެގެންވެސް މިދުޢާކުރާށެވެ! އެމީހަކަށް މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން