2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ޢަޞްރަށް ކުރިން ގޮސް މެންދުރު ނަމާދުގެ ފަހު ސުންނަތް ކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ޢަޞްރަށް ކުރިން ގޮސް މެންދުރު ނަމާދުގެ ފަހު ސުންނަތް ކުރެވޭނެތަ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.  

މިއަދުގެ ސުވާލު:

ޢަޞްރަށް ކުރިން ގޮސް މެންދުރު ނަމާދުގެ ފަހު ސުންނަތް ކުރެވޭނެތަ؟ 

އެހީ:

ކުރެވޭނެ! ޢަޞްރަށް ބަންގިގޮވަންދެން ކުރެވޭނެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ އެހައި ފަސްނުކުރުމެވެ. ސަބަބަކީ ކަމެއް ދިމާވެގެން ޢަޞްރަށް ދެވުން ލަސްވެދާނެކަމަށްޓަކައެވެ. 

އެހެން ނަމަވެސް ވަޒީފާތަކުގައި އުޅޭ މީހުންނަށް މެންދުރު ނަމާދަށްފަހު ސުންނަތް ކުރާނެ ވަޤުތު ނެތްނަމަ ލަސްކޮށްލުމަކީ މައްސަލައެއް ނޫނެވެ. 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން