އެކަލިމައެއްގެ އަޑުން އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލާ ކަލިމަ ޛިކުރުކުރުން ގިނަކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
އެކަލިމައެއްގެ އަޑުން އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލާ ކަލިމަ ޛިކުރުކުރުން ގިނަކުރަމާ!

ބަރަކާތްތެރި ރަމަމާން މަސް ފެށިގެން ކުރިއަށްދާއިރު ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ޛިކުރުކުރުން ގިނަކުރުމެވެ. މަސައްކަތުގެ ވަޤުތުގައިވެސް ވެވުނުވަރަކުން އެކަންކުރާށެވެ! 

عَنْ أَبِي مَالِكٍ الْحَارِثِ بْنِ عَاصِمٍ الْأَشْعَرِيِّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم ((الطَّهُورُ شَطْرُ الْإِيمَانِ، وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلَآنِ -أَوْ: تَمْلَأُ- مَا بَيْنَ السَّمَاءِ وَالْأَرْضِ، وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ، وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَك أَوْ عَلَيْك، كُلُّ النَّاسِ يَغْدُو، فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا)). [رَوَاهُ مُسْلِمٌ] 

މާނައީ: އަބޫ މާލިކު، އަލްޙާރިޘު ބުން ޢާޞިމު އަލްއަޝްޢަރީ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. 

"ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި الحمد لله (މި ކަލިމަ) މީޒާން ފުރާލައެވެ. އަދި سبحان الله والحمد لله، މި ދެ ކަލިމަ (ނުވަތަ މި ކަލިމަ) އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލައެވެ. އަދި ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތަކީ (އީމާންކަމުގެ) ހެއްކެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ޤުރުއާނަކީ ތިބާއަށް ނުވަތަ ތިބާއާ ދެކޮޅަށްވާ ޙުއްޖަތެކެވެ. ކޮންމެ މީހަކުވެސް ހެނދުނު، އޭނާގެ ނަފްސު ވިއްކާލަން ނުކުމެއެވެ. ފަހެ (އޭގެ ތެރޭގައިވަނީ ހެޔޮ ޢަމަލުތައްކޮށް) ނަފްސު މިނިވަންކުރާ ބަޔަކާއި (ފާފަތައްކޮށް) ނަފްސު ހަލާކުކުރާ ބަޔަކެވެ."

 

 

މިއަދު އޮންލައިން