މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ސުވާލު:
ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން މަސައްކަތްކުރަން އެންމެ ޔަޤީންކަންބޮޑު ގޮތަކީ ކޮބާ؟
އެހީ:
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބިގަންނަން އެދޭމީހާއަށް އޮތް އެންމެ ޔަޤީންކަން ބޮޑު ގޮތަކީ 20 ވަނަ ރެއިން ފެށިގެން ކޮންމެ ރެއަކުވެސް އެކަމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
ސަބަބަކީ ޙަދީޘްފުޅުން އެނގެން އޮތް ހަމައެކަނި ކަމަކީ އެރެއަކީ ފަހުދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއްކަމެވެ. ދެން ހުރި ހުރިހާ ބަސްފުޅުތަކަކީވެސް އެކި ބޭކަލުން ދެއްވަވާފައިވާ ފަތުވާކަމަށްވާތީއެވެ. ކަލަންޑަރު ކިތަންމެ މޮޅަށް ހެދިނަމަވެސް ބަދަލެއް އަތުވެދާނެއެވެ. (ކުށެއް ޖެހިޑާނެއެވެ.) ވީމާ އޮތީ ފަހުދިހައިގެ ހުރިހާ ރޭތަކެއްގައިވެސް ގަދައަޅައި މަސައްކަތްކުރުމެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.