ހިފާ ރޯދައިގެ ފުރިހަމަ ޘަވާބު ލިބޭނީ ކޮން ބައަކަށްތަ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހިފާ ރޯދައިގެ ފުރިހަމަ ޘަވާބު ލިބޭނީ ކޮން ބައަކަށްތަ؟: ބިލާލް އައްސަދު

ބައެއް މީހުން ރޯދަހިފަނީ އެއީ ކުރަންޖެހޭ ކަމަކަށްވާތީއެވެ. އެހެން މީހުން ރޯދަހިފާތީއެވެ. ނުވަތަ އެއީ އާދަކާދައިގެތެރޭގައި ހިމެނޭ ކަމަކަށްވާތީއެވެ. ނުވަތަ އެނޫންވެސް އެފަދަ ސަބަބަކަށްޓަކައެވެ. 

ނަމަވެސް ރޯދަހިފަންވީ ﷲ ތަޢާލާއަށް ލޯބިންނެވެ. ރޯދަހިފުމުން ލައްވަވާނެ ރަޙްމަތަށް އެދިގެންނެވެ. އަދި އޮތީ ރޯދައަށް ހުރެގެން އެކަންކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ. 

ރޯދަހިފަން އޮތް ސަބަބުތައް ކަމަށް މިބުނި ސަބަބުތަކަށްޓަކައި ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ރޯދަހިފައިފި މީހެއްގެ ހުރިހާ ކުދި ފާފަތަކެއް ﷲ ތަޢަލާ ފުއްސަވައި ދެއްވަވާނެތެވެ. އަދި އެމީހަކު މަސައްކަތްކުރި މިންވަރުގެ ނިޞްބަތުން އެމީހަކަށް ރަޙްމަތް ލައްވަވައި ޘަވާބު ދެއްވަވާނެތެވެ. 

މީސްތަކުންނޭވެ! ރޯދަހިފަންވީ އެކަމުން ދެއްވަވަން އޮތް އެންމެ ބޮޑު ރަޙްމަތަށް އެދިގެންނެވެ. ރޯދައަށް ހުރެގެން މަސައްކަތްކުރަންވީ ހިފާރޯދަ ވީހައިފުރިހަމަ ކުރުމަށެވެ. ފުރިހަމަ ގޮތުގައި ރޯދަހިފޭނީ އެއިރުންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން