ބަލިޙާލުގަ ބޭސްފަރުވާކުރަމުންދިއަ ނަމަވެސް، ބަލިމީހުން ގޮވައިގެންގޮސްތިބި މީހުންވެސް ނަމާދުތަކަށް ރައްކައުތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބަލިޙާލުގަ ބޭސްފަރުވާކުރަމުންދިއަ ނަމަވެސް، ބަލިމީހުން ގޮވައިގެންގޮސްތިބި މީހުންވެސް ނަމާދުތަކަށް ރައްކައުތެރިވާށެވެ!

ރަމަމާން މަސް ދެބައިވެ ފަހުފަޅިއަށް މިއޮތީ ބުރަބޮޑުވެފައެވެ. އެހެންކަމުން އެންމެ މުހިންމުކަމަކީ ނަމާދުތަކަށް ރައްކައުތެރިވުމެވެ.

މިރޯދަމަހުވެސް ބޭސްފަރުވާއަށް ގޮސް އެތައް ބައަކު ބޭރު ޤައުމުތައި އެބަތިއްބެވެ. ބަލިމީހާ އުޅެމުންދަނީ ވޭނުގައެވެ. އެހީތެރިން އުޅޭނީ އެހައިމެ ބުރަކޮށް މަސައްކަތްކުރުމުގައެވެ.

ހަނދުމަކޮށްލައިދޭން ބޭނުންވަނީ ދަތުރުވެރިންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފާށެވެ! އެންމެ ނަމާދެއްވެސް ނާޅާށެވެ! ދީނުގައިވާ ލުއިގޮތްތައް ބޭނުްނކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! އެއީ މައްސަލައަކަށްވާނެނަމަ އެކަންކަން ހުއްދަކުރައްވަވައި ލުއިކަން ދެއްވަވާފައެއް ނުވާނެއެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ގޮސް ހުންނައިރު ޤަޞްރުކޮށް ނަމާދު ކުރެވިދާނެތޯ؟

ޖަވާބު:. އާދެ! ދަތުރު ވެރިއެއްގެ ގޮތުގައި ހުންނަ އިރުގަ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ގޮއްސަ ހުންނައިރު އެމީހަކު ބެލެވެނީ ދަތުރު ވެރިއެއްގެ ގޮތުގައި. އެހެންވެއްޖެކަމަށް ވަނީނަމަ ނަމާދު ޤަޞްރު ޖަމްޢު ކޮށް ކުރެވެނެ.

-- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން