ރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއް: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއް: މިނިސްޓަރ

ދިވެހިރާއްޖެ އަކީ މަތީ ތަޢުލީމު އެކްސޕޯޓްކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރެވުނު ސުވާލަށް ޖަވާބުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރުމަށް ބުޒާރާގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއް ކަމަށާއި މިކަން ހާޞިލުކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެގޮތުން، މަތީ ތަޢުލީމު ފޯރުކޮއްދޭ ޔުނިވާސިޓީ އަދި އިންސްޓިޓިއުޓްތަކާއި ބައްދަލުކޮށް، މަތީ ތަޢުލީމާށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް މަތީ ތަޢުލީމު ހާޞިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމެއް. މިއީ ފެށުމަށް ނިންމާފައިވާ ވަރަށް މުޙިއްމު މަސައްކަތެއް" -މިނިސްޓަރ ޑރ. ޢަލީ ހައިދަރު

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން