ކުޑަކުދިންނާ ގުޅުންހުރި ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ގައިޑްލައިންއާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުޑަކުދިންނާ ގުޅުންހުރި ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ގައިޑްލައިންއާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފި

ކުޑަކުދިންނާ ގުޅުންހުރި ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ހުރިހާ ބްރޯޑްކާސްޓަރުންވެސް ފޮނުވާ ކޮންޓެންޓްތަކަކީ ރާއްޖޭގެ ޤާނޫނުތަކާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ކޮންޓެންޓްތަކެއް ކަމުގައި ހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ބްރޯޑްކާސްޓަރުންނަށް އަންގާފައިވެއެވެ. ޚާއްޞަކޮށް ކުޑަކުދިންނާ ގުޅުންހުރި ކޮންޓެންޓް ގެނެސްދިނުމުގައި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިންއާ އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.

ކޮމިޝަނުން އިތުރަށް ފާހަގަކޮށްފައިވަނީ، ކުޑަކުދިންގެ ކަރާމާތާއި އަބުރު ނުގެއްލޭ ގޮތަށް ކޮންޓެންޓް ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުކަން ދޭންޖެހޭ ކަމަށެވެ. މިކަމަކީ ބްރޯޑްކާސްޓަރުންގެ ޤާނޫނީ ޒިންމާއެއްގެ އިތުރުން އިޖުތިމާޢީ ޒިންމާއެއްވެސް ކަމުގައި ބްރޯޑްކޮމްއިން ވަނީ ފާހަގަކޮށްފައެވެ

މިއަދު އޮންލައިން