ޕޮލިސް ބޯޑަށް މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޕޮލިސް ބޯޑަށް މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަން ކުރާ ދެ މެންބަރުންގެ ގޮތުގައި މުޙައްމަދު ޞާދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

މި ދެ މެންބަރުން އައްޔަންކުރުމަށް ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިއީ ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުންގެ މަޤާމަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ހޮވުނު ދެ މެންބަރުންނެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، މި ދެ ބޭފުޅުންގެ ނަންފުޅު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މަޖިލީހުގެ ތަޅުމުން މި ދެ ބޭފުޅުންގެ ނަންފުޅު ވަނީ ފާސްކޮށްފައެވެ.

ޕޮލިސް ބޯޑަކީ ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ވިލަރެސްކޮށް، އެ މުއައްސަސާގެ ޖަވާބުދާރީވުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ މުހިންމު ބޯޑެކެވެ. މި ބޯޑުގައި އާންމު ރައްޔިތުންގެ ތަމްސީލު އޮތުމަކީ ބޯޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން