ބ. ކަމަދޫގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގައިފިއެވެ.
މި16 ވަނަ ދުވަހު ހިންގި އެ ޕްރޮގްރާމުގައި، ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސް ފަރާތްތަކަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އާންމު އުސޫލުތަކާއި ޓޫރިސްޓުން އެ ސަރަައްދުތަކުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ރަމަޟާންމަސް ކަމަށް ވުމާއެކު ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުން ރަށުތެރޭގައި ކާބޯތަކެތި އަދި ސިނގިރެޓް ފަދަ ތަކެތި ބޭނުންނުކުރުމަށާ އަދި ނިވާކަންކުޑަ ހެދުން އަޅައިގެން ރަށުތެރޭގައި ނޫޅުމަށް އަންގައިދިނުމަށް މައުލޫމާތުދީފައިވެއެވެ.
މި ޕްރޮގްރާމަށް ގެސްޓުހައުސްތަކުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއެވެ.
ހަބަރު: ސަރުކާރު