ރަމަމާން މަސް ދެބައިވެ ދެވަނަ ދިހަވެސް ނިމި ފަހު ދިހަ ފެށެނީއެވެ. އަދިވެސް ހަތަރުއަނގޮޅީގައި ބައަކު އެބަތިއްބެވެ. ރަމަޟާން މަހުގެ ބަރަކާތް ލިބިގަތުމަށް މަސައްކަތް ނުކޮށް އަދިވެސް އެމީހުން ތިބީ ހަތަރުއަނގޮޅީގައެވެ. ދާންވީ މިސްރާބު ނުއެނގިފައެވެ.
އެއީ އެމީހުންނަށް ފާފަކުރެވިފައިވާތީއެވެ. މިއީ ކިހައި ދެރަ ވިސްނުމެއް ހެއްޔެވެ؟ ބަލަ ފާފަކުރެވުނު މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. އެކަން ޙާޞިލުކުރަން ކުރަން އޮތް ކަމަކީ ތައުބާވުމެވެ. ވީމާ މިވަޤުތުވެސް އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިގެންދާނެއެވެ.
ވީމާ ރަމަޟާން މަހުން ދެން ބާކީ މިއޮތް މަދުދުވަސްކޮޅުގެ ތެރޭގައިވެސް ރަމަޟާން މަސް ކާމިޔާބުކުރަން މަސައްކަތްކުރާ މީހަކަށްވާށެވެ! ކުރިން ކުރެވިފައިވާ ފާތަކަކީ ތިމާއަށް ކުރެވުނު އަޅުކަންކަމަށް ބަދަލުކޮށް ދެއްވެވުން އެދިގެން މަސައްކަތްކުރަން އަވަހަށް ފަށާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން