2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ރޯދަވީއްލާ ވަޤުތު ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު ފައިދާއަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ރޯދަވީއްލާ ވަޤުތު ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު ފައިދާއަކީ ކޮބާ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. 

މިއަދުގެ ސުވާލު:

ރޯދަވީއްލާ ވަޤުތު ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު ފައިދާއަކީ ކޮބާ؟ 

އެހީ:

ރޯދަވިއްލާ ވަޤުތަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެކެވެ. ވީމާ ވަޤުތު ގާތްވުމުން ކުރަން އޮތް ކަމަކީ އެމީހަކު ބޭނުންވާ ކަމަށް އެދި ދުޢާކުރުމެވެ. ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ހިފާ ރޯދައާ އާއި ކުރާ އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. ވީމާ 5 މިނިޓެއްހައި އިރަށް ގާތްވުމުން ކުރަން އޮތް އެންމެ ފައިދާހުރި ކަމަކީ ދުޢާކުރުންމަތީގައި މަޑުކޮށްލުމެވެ.  

ރޯދަވީއްލާ ވަޤުތު ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު ފައިދާއަކީ ތިމާ ބޭނުންވާ ކަންކަމަށް އެދި ދުޢާކޮށް އެކަންކަން ލިބިގަތުމަށް މަސައްކަތްކުރުމެވެ. 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

މިއަދު އޮންލައިން