ޞިއްޙަތަށް ވަރަށް ފައިދާހުރި ރެސިޕީއެއް!: ފުށް ނުލާ ޗޮކުލެޓް ކޭކެއް ތައްޔާރު ކޮށްލާނެ ގޮތް-

ކިޔުމަށް ހޭދަވާނީ 2މ 14ސ
ޞިއްޙަތަށް ވަރަށް ފައިދާހުރި ރެސިޕީއެއް!: ފުށް ނުލާ ޗޮކުލެޓް ކޭކެއް ތައްޔާރު ކޮށްލާނެ ގޮތް-

ސިއުޒާ

 

ޞިއްޙަތަށް ފައިދާކުރާނެ ކާބޯތަކެތީގެ މާހިރަކު މިވަނީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި މޮނޮއުންސެޓުރޭޓެޑް ފެޓްސް އަދި އެންޓިއޮކްސިޑެންޓް އިން މުއްސަނދިވެފައިވާ ޑާރކްޗޮކްލެޓް އަދި އޮލިވްއޮއިލް ބޭނުންކޮށްގެން ފުށް ނުލާ ޗޮކްލެޓް ކޭކެއް ތައްޔާރުކޮށްލާނެ ގޮތް ބުނެދީފައެވެ.  

ކޮންމެ ބޭފުޅަކުވެސް މި ގްލޫޓެން ފްރީ ޑެސާރޓް ތަޖުރިބާކޮށްލައްވާށެވެ.  

ފުށް ނުލާ ޗޮކުލެޓް ކޭކެއް ތައްޔާރު ކޮށްލާނެ ގޮތް:  

ބޭނުންވާނެ ތަކެތި:

·      4 އައުންސް ސެމީ- ސްވީޓް ބޭކިންގް ޗޮކްލެޓް ( ބޮޑެތިކޮށް ކޮށާލާފަ)

·      4/1 ޖޯޑު ލައިޓް- ޓޭސްޓިންގ އޮލިވް އޮއިލް

·      4/3 ޖޯޑު ޕިޔޯރ މޭޕްލް ސިރަޕް

·      1 ސސ. އެސްޕްރެސޯ ޕައުޑަރ ( ބޭނުންފުޅުނަމަ)

·      2 ސސ. ޕިޔޯރ ވެނީލާ އެކްސްޓްރެކްޓް

·      2/1 ސސ. ބޭކިންގ ޕައުޑަރ

·      4/1 ޖޯޑު އަންސްވީޓެންޑް އެޕަލް ސޯސް

·      4 ބިސް، ކުޑަކޮށް ގަށާލާފަ

·      3/1 ޖޯޑު އަންސްވީޓެންޑް ކޮކޯޕައުޑަރ (ޑަސްޓިންގ އަށް އިތުރަށް ބޭނުންވާނެ)

·      ގާރނިޝް ކޮށްލުމަށް ތާޒާ ބެރީސް ( ބޭނުންފުޅުނަމަ)

ތައްޔާރުކުރާނެ ގޮތް: 

ފުރަތަމަ ސްޕްރިންގްފޯރމް ޓްރޭއެއްގައި އޮލިވްއޮއިލް ކޮޅު ހާކާލާށެވެ. އަދި ބޭކިންގ ޕޭޕަރ އަޅާލާށެވެ. ސެމީ- ސްވީޓް ބޭކިންގ ޗޮކްލެޓް ކޮޅު ފަޅިފަޅިކޮށްލާށެވެ. ފެންތެއްޔެއް މަޑުގިނީގައި ބެހެއްޓުމަށްފަހު އޭގެތެރެއަށް އިތުރު ތެއްޔެއް ލާށެވެ. އަދި މަތީގައިވާ ތެއްޔަށް ޗޮކްލެޓްކޮޅާއި އޮލިވްއޮއިލް ކޮޅު އަޅާލާށެވެ. ޗޮކްލެޓްކޮޅު އެއްކޮށް މެލްޓްވަންދެން ހަލުވާލާށެވެ. މެލްޓްވުމުން ފެން ތެލިން ނެގުމަށްފަހު ފިނިކޮށްލަން ބަހައްޓާށެވެ.  

މޭޕްލްސިރަޕް، އެސްޕްރެސޯ ޕައުޑަރ، ވެނީލާ އެކްސްޓްރެކްޓް، ލޮނު، އަދި ބޭކިންގޕައުޑަރ އަޅާލުމަށްފަހު ހަލުވާލާށެވެ. އެޕަލްސޯސް އަދި ބިސްކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް އޮމާން ވެލަންދެން ގަށާލާށެވެ. އަދި ކޮކޯޕައުޑަރ އަޅާލުމަށްފަހު ރަނގަޅަށް އެއްވެލަންދެން ގަށާލާށެވެ.  

ތައްޔާރުކޮށްލި ޓްރޭއަށް ފުށްކޮޅުއަޅާލާށެވެ. އަދި  F375 ޑިގްރީގައި 25 މިނިޓް ވަންދެން ފިހެލާށެވެ. ފިހެލާ ނިމުމުން ކޭކް ފިނިކޮށްލަން ބަހައްޓާށެވެ. އަދި މައްޗަށް ތާޒާ ބެރީސް އަތުރާލާށެވެ.

މިއަދު އޮންލައިން