އަނބިމީހާ އޭނާގެ ފިރިމީހާގެ ކިބައިން ގަޔާވާ 5 ކަމެއް! އެކަންކަން ލިބޭނަމަ ފިރިމީހާއަށް ދެވޭ ލޯބި އިތުރުވެ ޒަވާޖީ ހަޔާތް ބާއްޖަވެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަނބިމީހާ އޭނާގެ ފިރިމީހާގެ ކިބައިން ގަޔާވާ 5 ކަމެއް! އެކަންކަން ލިބޭނަމަ ފިރިމީހާއަށް ދެވޭ ލޯބި އިތުރުވެ ޒަވާޖީ ހަޔާތް ބާއްޖަވެރިވާނެ! އިން ޝާ ﷲ

ބުނެލަން އޮތީ މި ފަސް ކަންތައް ކޮށްފިނަމަ މާޝާﷲ ،އިން ޝާ ﷲ ހުރިހާ ގޮތަކުންވެސް  ތިބާގެ ބައިވެރިޔާއާއިއެކު މަޖާ ބާއްޖަވެރި ދިރިއުޅުމެއް ތިބާ އަށް ލިބޭނެއެވެ. 

އެކަނބުލޭގެ އޭނާގެ ފިރިމީހާގެ ފަރާތުން ގަޔާވާ ހަތަރު ކަމެއް:

1. ތިބާ އެކަނބުލޭގެ ހިމާޔަތް ކުރާހިނދުގައާއި، އެކަނބުލޭގެ ރައްކާތެރިކޮށް އަދި އެކަނބުލޭގެއަށް ހިތްވަރުދޭ ހިނދުގައެވެ. އެކަނބުލޭގެ އެކަމަށް އެއްބަސްނުވި ނަމަވެސް (ފިރިމީހާގެ ގާތުގައި ނުބުނި ނަމަވެސް) އެކަންކަން އޭނާގެ ފިރިމީހާގެ ފަރާތުން ދެކެން ބޭނުންވާނެއެވެ. އޭނާ އެކަމާ ގަޔާވާނެއެވެ. އެކަނބުލޭގެ ދިފާއުކޮށް، ރައްކާތެރިކޮށް އަދި ހިތްވަރުދޭ ފިރިއެކެވެ. 

2. އަނބިމީހާ ދައްކާ ވާހަކަތައް އަޑުއެހުން: 

މާނައަކީ އެކަނބުލޭގެ ބުނާހާ ކަމަކަށް ބޯލެނބުމެއް ނޫނެވެ. އޭނާގެ އިހްސާސްތަކާއި އޭނާގެ ބަސްތައް އަޑުއެހުމެވެ. އޭނާގެ ވާހަކަތައް ކެއްތެރިކަމާއެކު އަޑުއަހާ އަދި އޭނައާއި ވާހަކަ ދައްކާށެވެ. އެހެންކަމުން އަޚުންނޭ، އެހެން ގޮތަކަށް ބުނާނަމަ ކޮންމެ ފުރުސަތެއް ލިބުނަސް ތިބާ އެކަނބުލޭގެ ވާހަކަތައް އަޑުއެހިކަން ހާމަ ކޮށްދޭށެވެ. ތިބާގެ އަމިއްލަ ނަފްސާމެދު ވިސްނާށެވެ. ތިބާގެ ވާހަކަތައް މީހަކު އަޑުއެހުމަށް ފަހު އެމީހަކު " މީ ތިބާ ބުނި ވާހަކައޭ" ބުނެފިނަމަ ތިބާއަށް ހާއްސަކަމެއް އިހްސާސް ކުރެވޭނެއެވެ. 

3. އެކަމަނާ އޭނާގެ ފިރިމީހާއަކީ ހިތްހެޔޮ އޯގާތެރި ފިރުމުންތައް ދޭ މީހެއްކަމުގައި ވުމަށް ލޯބިކުރެއެވެ. ކުދިކުދި ބައްދާލުންތައް، ނިތްކުރީގައި ބޮސްދިނުން، އޯގާތެރި ފިރުމުންތައް އާދެ، މިކަހަލަ ކުދިކުދި ކަންކަމަށް އެމީހުން ގަޔާވެއެވެ. 

4. އެކަމަނާއަށް ތަޢުރީފު ކުރުމާއި އެކަމަނާއަށް ގަޔާވާކަން ދެއްކުން: މިއީ ބަހާ ޢަމަލުން ދައްކައިދޭންޖެހޭނެ ކަމެކެވެ.  

5. އެކަމަނާއަށް، ތިބާ ދުވަހަކުވެސް އެކަމަނާ ދޫކޮށް އެހެން އަންހެނަކު ނުހޯދާނެ ކަމުގެ ޔަޤީންކަމާއި ރައްކާތެރިކަން އިހްސާސްކޮށްދިނުން:

މިއީ ކޮންމެ އަންތބަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. އިތުރު އަންތބަކު ނުހޯދާނެ ކަމުގެ ކަމުގެ ޔަޤީންކަން ކޮންމެ އަންތބަކުވެސް ބޭނުންވާނެއެވެ. އެކަމަށް ޔަޤީންކަން ނުދެވޭނެނަމަ ދެވަނަ އަންތބަކު ހޯދިނަމަވެސް އަނބިމީހާ (މިހާރު ކައިވެނިކޮށްގެންހުރި) ބާކީނުކުރާނެކަމާއި އޭނާއަށް ދެރަގޮތެއް ނުހަދާނެ ކަމުގެ ޔަޤީންކަން އޮންނަނަމަ އަނބިމީހާ އިންނާނީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު ހިތްހަަމޖެހުމެއް ލިބިގެންނެވެ. އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީވެސް ފިރިމީހާއަށެވެ. އެއީ ފިރިމީހާއަށް ލޯބިދެވޭ މިންވަރު އިތުރުވެގެންދާނެތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން