ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމެއް ނެތް! އެއީ ނަހީކުރައްވަވާފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމެއް ނެތް! އެއީ ނަހީކުރައްވަވާފައިވާ ކަމެއް!

ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމަކީ ދާދިފަހަކާއި ޖެހެންދެން އަޅުގަނޑުމެންގެ ތެރޭގައި ކުރަމުން އައި ކަމެކެވެ. އެހެންވެ މިހާރުވެސް ބައެއް މީހުން އެކަން ކުރެއެވެ. އެއީ ކުރިންސުރެ ކުރަމުން އައިކަމެއް ބަދަލުކުރަން އުނދަގޫވާތީކަމަށްވެސް ވެދާނެއެވެ. ނުވަތަ ކުރަމުން އައިގޮތް ބަދަލުކުރަން ބޭނުންނުވަނީ ކަމަށްވެސް ވެދާނެއެވެ.  

ކޮންމެއަކަސް ކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވަވާފައިވާ ކަމެކެވެ. ވީމާ އެވަރުގެ ކަމެއް ކުރާކަށް ނުވާނެއެވެ!  

ދަލީލް ޙަދީޘުން-: 

"ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ނަޙީ ކުރައްވާފައިވާ ކަމެކެވެ.  

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

مَا شَأْنُكُمْ تُشِيرُونَ بِأَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمْسٍ؟ إِذَا سَلَّمَ أَحَدُكُمْ فَلْيَلْتَفِتْ إِلَى صَاحِبِهِ، وَلَا يُومِئْ بِيَدِهِ رواه مسلم  

މާނައީ:

"ތިޔަބައިމީހުން (ނަމާދުގައި ސަލާމް ދޭއިރު) ވަގު އަހެއް ނިގޫ ތަޅުވާހެން، ދެއަތް ދެފަރާތަށް ފުރޮޅަނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުންކުރެ މީހަކު ސަލާމްދޭއިރު އޭނާގެ ކައިރީގައި އިން އަޚާއާވީ ފަރާތަށް އެބުރިލާށެވެ. އަދި އަތުން އިޝާރާތް ނުކުރާށެވެ!"

 

- ޝައިޚް ޙަސަން މޫސާ ފިކުރީ

މިއަދު އޮންލައިން