ސަމާލުވާތި! ޛިކުރުކުރިޔަސް ގިނަ ބައަކަށް ފައިދާ ނުކުރާ އެންމެ ބޮޑު ސަބަބު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަމާލުވާތި! ޛިކުރުކުރިޔަސް ގިނަ ބައަކަށް ފައިދާ ނުކުރާ އެންމެ ބޮޑު ސަބަބު-!

"އަހުރެން ނަމާދަށްފަހު ޛިކުރުތައް ކިޔަމެވެ. ދެއިރުގެ ޛިކުރުތައް ކިޔަމެވެ. މިވެނި ކަމަކަށް އެދިގެން ޛިކުރުކުރާތާ މިހައި ދުވަސްވެއްޖެއެވެ. އެކަމަކު އަދި އެއްވެސް މަގެއް ނުފެނެއެވެ. ނުވަތަ އެއްވެސް ބަދަލެއް ނައުދެއެވެ." މިއީ ގިނަ ބައަކު ކުރާ އެއް ޝަކުވާއެވެ. 

އެހެން އެބުނާ ގިނަމީހުން އަސްތަޣްފާރުކުރަނީ ކިހިނަކުންހެއްޔެވެ؟ ބޮލިރަވައެއް ތަޅުވާ އުޞޫލުންނެވެ. ފަރިތަވީމާ ކިޔޭލެއް އަވަސްކަމުން ކިޔޭ އެއްޗެއް ތިމާގެ ސިކުނޑިއަށްވެސް ނަގައި ނުގަނެވޭހާ އަވަސްއަވަހަށެވެ. 

ނަމާދަށްފަހުގައިވެސް އެހެން ވަޤުތުތަކުގައިވެސް ޛިކުރުތައް ނުވަތަ އަސްތަޣްފާރުތައް މިބުނިމަގުން "އަމުނައިލުމަކީ" އެކަމުން ކުރަންވާ ފައިދާ ނުލިބިދާނެ ސަބަބެކެވެ. އެހެނީ އަސްތަޣްފާރުކުރުމަކީ މަޑުމައިތިރިކަމާއިއެކު ލަސްލަހުން ކުރަން އޮތް ކަމެކެވެ. އެހެން ނޫންނަމަ އެކިޔޭއެއްޗެއް އެމީހާގެ ހިތާއި ހަމައަށްވެސް އޮންނާނީ ނުފޯރާފައެވެ. ހިތާއި ހަމައަށް ނުފޯރައި ވިސްނުމާއި ހަމައަކަށް ނުދާނެއެވެ. 

ޛިކުރުކުރުމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަމުން މަޑުމައިތިރިކަމާއިއެކު ލަސްލަހުން ކުރަން އޮތް ކަމެކެވެ. ކިޔާ ޛިކުރުތަކުގެ މާނަ ދަސްކޮށް މާނައަށް ވިސްނައިގެން ކިޔުމަކީ އެންމެ ފައިދާހުރި ގޮތެވެ. މާނަ ނުއެނގޭނަމަ އެންމެ ކުޑަމިނުން ކިޔޭ އެއްޗެއް ހިތްމައްޗަށް ގެންނަމުން ކިޔަވާށެވެ! ލިބެންވާ ފައިދާ ލިބިގަނެވޭނީ އެއިރުންނެވެ! އިން ޝާ ﷲ

 

- ޝައިޚް ހިޝާމް އަބޫ ޠޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން