ރަމަޟާން މަސް ކާމިޔާބުކުރަން ބޭނުންނަމަ މިސްކިތުގަ ގިނަ ވަޤުތު ހޭދަކުރާ މީހުންނާއި އެކުވެރިވެ އެމީހުންނާއިއެކުގައިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަމަޟާން މަސް ކާމިޔާބުކުރަން ބޭނުންނަމަ މިސްކިތުގަ ގިނަ ވަޤުތު ހޭދަކުރާ މީހުންނާއި އެކުވެރިވެ އެމީހުންނާއިއެކުގައިވާށެވެ!

ރަމަޟާން މަސް އައުމުން ގިނަ ބައަކަށް ސަމާލުކަން ދެވެނީ ރޯދަކުރުކުރަން ކުރާނެ ކަންތައްތައް ކުރުމަށެވެ. ކުޅިވަރާއި އެނޫންވެސް ކަންކަްނ ކުރާނެ ގޮތްތައް ރޭވުމަށެވެ. ނަމަވެސް މިއީ ހިފާ ރޯދައަށް ފައިދާާކުރާނެ ގޮތެއް ނޫނެވެ. ހިފާ ރޯދައަށް ފައިދާކުރާނީ އަޅުކަންކުރުން ގިނަކުރަން މަސައްކަތްކުރުން ގިނަކުރުމުންނެވެ. 

ފުރަތަމަ ކަމަކަށްވެސް މިސްކިތުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނާއިއެކުވެރިވާށެވެ! އެމީހުންނާއިއެކު މިސްކިތުގައި ވީހާ ގިނަ ވަޤުތު ހޭދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އަދި އެވަޤުތުތަކުގައި ޤުރްޢާން ކިޔެވުން ގިނަކޮށް އެހެންވެސް އަޅުކަންކުރުން ގިނަކުރާށެވެ! 

ރަމަޟާން މަސް މިކިޔަނީ އަހަރަކު އެއްފަހަރު އަހުރެމެންނާއި ބައްދަލުކުރާ އެންމެ 30 ވަރަކަށް ދުވަހަށެވެ. މިހާރުވެސް 17 ދުވަސް ފާއިތުވެގެން ދިއައީއެވެ. ދެން ބާކީ އޮޓީ އެންމެ 13 ވަރަކަށް ދުވަހެވެ. އިސާހިތަކު އެ 13 ދުވަސްވެސް އަހުރެމެންނާއި ވަކިވެގެން ހިނގައިދާނެއެވެ. އެއިރުން މިއަހަރުގެ ރަމަޟާން މަސް އަހުރެމެންނަށް އަލްވިދާޢުކިޔައި ނިމުނީއެވެ. 

އަންނަ އަހަރުގެ ރަމަޟާން މަހާއި ބައްދަލުވާނެ ކަމުގެ ޔަޤީންކަން އޮތީ ކާކަށް ހެއްޔެވެ؟ ވީމާ ގަދައަޅައި މަސައްކަތްކުރަންވީ މަހުން ދެން ބާކީ އޮތް ދުވަކޮޅުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ރަމަޟާާންމަހު ފާފަ ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ހިމެނުމަށެވެ. އެކަން ޙާޞިލް ނުކުރެވުމަށްވުރެ ބޮޑު ދެރައެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން