4 ރަށެއްގައި އެކްސްރޭ ނެގުމުގެ ކިދުމަތް ފެށުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
4 ރަށެއްގައި އެކްސްރޭ ނެގުމުގެ ކިދުމަތް ފެށުމަށް ނިންމައިފި

4 ރަށެއްގައި އެކްސްރޭ ނެގުމުގެ ކިދުމަތް ފެށުމަށް ނިންމައިފިއެވެ.

އެކްސްރޭ ޚިދުމަތް މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ރަށްތަކަކީ، ނ.ހޮޅުދޫ، ނ.ވެލިދޫ، ށ.މިލަންދޫ، އަދި އދ.މާމިގިލިއެވެ.

މި ރަށްތަކުގައި މި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން