މައްޔިތާ ވަޅުލުމަށްފަހު ކުރާނެ ދުޢާ އެންމެ ކުރުކޮށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މައްޔިތާ ވަޅުލުމަށްފަހު ކުރާނެ ދުޢާ އެންމެ ކުރުކޮށް!

ކަށުނަމާދުގައިވެސް އަދި މައްޔިތާ ވަޅުލުމަށްފަހުގައިވެސް ކުރަން ސުންނަތުގައި ވާރިދުވެގެންވާ ދުޢާތައް ނުއެނގޭނަމަ އެމީހެއްގެ ބަހުން ދުޢާކުރެވިދާނެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ ދުޢާ ދަސްކުރުމެވެ.  

ބައެއް އިމާމުން ހަނދުމަކޮށްދިނުމުގެ ގޮތުން ކަށުނަމާދަށް ފެށުމުގެ ކުރިން ދުޢާ ބުނެދެއްވައެވެ. އަނެއްބައި އިމާމުން އެކަމެއް ނުކުރައްވައެވެ. އެއީ ކަންބޮޑުވެ މައްސަލަ ޖައްސަން އޮތްކަމެއްވެސް ނޫނެވެ. އެހެނީ ނަމާދުކުރާނެ ގޮތާއި ކުރާނެ ދުޢާ ދަސްކުރުމަކީ އެމީހަކުކުރަންޖެހޭ ކަމެކެވެ.  

ހަދީޘްފުޅުގައި އޮތީ ވަޅުލުމަށްފަހު މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރުމަށެވެ. އެވަގުތަކީ އޭނާ އާއި ސުވާލުކުރެއްވެވޭނެ ވަގުތެވެ. އެވަގުތުގައި މައްޔިތާއަށް ފާފަފުއްސަވައިދެއްވެވެވުމަށް އެދިގެންނާއި ޘާބިތުކަން ދެއްވެވުން އެދި ދުޢާކުރުމަށް ރަސޫލް () ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.  

ވީމާ ދިގު ސީޣަތަކުން ދުޢާކުރަން ނުއެނގޭނަމަ މިފަދަ ކުރު ދުޢާއެއް ނަމަވެސް ކުރާށެވެ!  

اللَّهُمَّ اغْفِرْ لَهُ الَّلهُمَّ ثَبِّتْهُ

އެކުލެވިގެންވާ މާނައީ "ޔާ ﷲ އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! ޔާ ﷲ! އޭނާއަށް ސާބިތުކަން ދެއްވަވާނދޭވެ!"  

މައްޔިތާގެ ހަށިގަނޑާއެކު ސަޙަރާއަސްވަންނަ ހިސާބުންވެސް ދުޢާކުރަން ފަށަންވީއެވެ. ވަޅުލައި ނިމި އިމާމް ދުޢާކުރަން ފަށަންދެން ދުޢާނުކޮށް ތިބުމެއް ނެތެވެ. އޮތީ ދުޢާކުރަމުން ގެންދިއުމެވެ. ވީމާ ވަޅުލައި ނިމެންދެންވެސް ތިބެންވީ ދުޢާކުރުންމަތީގައެވެ. ދުނިޔަވީ ވާހަކަތައް ދައްކައި ނުހަދާށެވެ. އެއީ މައްޔިތާއަށް އެންމެ މުހިންމު ވަޤުތެވެ.

 

ހިތާމައަކީ މިހާރުވެސް ބައެއް މީހުން، ޖަނާޒާއަށްގޮސް ތިބޭ ތިބުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. އެންމެ ކުޑަމިނުން އިމާމްގެ ފަހަތުން އާމީންކިޔައިނުލެވި ހުނުމާއި މަޖަލުގައި ވަގުތުކުރާ މީހުންވެސް ތިބޭކަމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން