ދުޢާކުރުމުގަ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯސް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދުޢާކުރުމުގަ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯސް-: ބިލާލް އައްސަދު

ދުޢާކުރުމުގައި ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ގިނަ ބައަކަށް އެކަން ވިސްނޭ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެއީ ގިނަ ބައަކު އެ ގޯސްހަދާތީއެވެ.  

ދުޢާކުރުމުގައި ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ކަމަކަށް ބޭނުންޖެހިފައި ނުވާނަމަ ދުޢާނުކުރުމެވެ. ﷲ ތަޢާލާ އާއި މުޢާމަލާތުކުރުން މަތިން ހަނދާން ނައްތައިލެވޭ ކަމެވެ.  

އެގޮތަށް އެކަން ނުކުރާށެވެ! ބޭނުމެއް ޖެހުމުން ދުޢާކުރުން ގިނަކުރެވުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. އެހެންކަމާއިއެކުވެސް އެއްވެސް ޚާއްޞަ ބޭނުމެއް ނެތް ނަމަވެސް ދުޢާކުރަންވާނެއެވެ. ކޮންމެ ނަމާދެއްގެ ކުރިންވެސް، ނަމާދުގައިވެސް ނަމާދު ނިމިގެންވެސް ދުޢާކުރަންވާނެއެވެ. 

ދުޢާކުރަންވީ ހަމައެކަނި ތިމާއަށްޓަކައެއްވެސް ނޫނެވެ. އަނަބިދަރިންނަށް އަދި ފިރިންނަށްޓަކައިވެސް ދުޢާކުރާށެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންނަށްޓަކައިވެސް ދުޢާކުރާށެވެ. ޢާންމުކޮށް އެންމެހައި މީސްތަކުންނަށްޓަކައިވެސް ދުޢާކުރާށެވެ. އެންމެ އެންމެ ފަރިތަ ރައްބަނާއާތިނާ ދުޢާއަކީވެސް ވީހާގިނައިން ކުރަން އޮތް ދުޢާއެކެވެ.  

ދުޢާކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ދުޢާކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންދާ ކަމެކެވެ. އެމީހެއްގެ ދަރަޖަ މަތިވެރި ކުރައްވަވާނެ ކަމެކެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން