ރަމަޟާން މަހުގެ އެންމެ ބާރުގަދަވެގެންވާ ރޭތަކުގައި އެެންމެ ބާރަށް ބައްދަން މަސައްކަތްނުކުރެވިއްޖެނަމަ ދެންވާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަމަޟާން މަހުގެ އެންމެ ބާރުގަދަވެގެންވާ ރޭތަކުގައި އެެންމެ ބާރަށް ބައްދަން މަސައްކަތްނުކުރެވިއްޖެނަމަ ދެންވާނީ ކިހިނެއްތަ؟

އެއްވެސް ޝައްކެއް ނެތެވެ. ރަމަޟާން މަހުގެ އެންމެ ބާރުގަދަ ރޭތަކަކީ ފަހުދިހައިގެ ރޭތަކެވެ. އެރޭތަކުގައި ހިމެނޭ އޮނަހިރި ރޭތަކެވެ. ވީމާ ހިރި، އޮނަހިރި ބަލަން ނުތިބެމާ ހިނގާށެވެ! ރަމަޟާން މަހުގެ ފަހުދިހައިގެ ކޮންމެ ރެއަކީވެސް ބާރުގަދަރެއެއް ކަމަށް ދެކެ، ޢަމަލުކުރަމާ ހިނގާށެވެ! 

މީސްތަކުންނޭވެ! މިވާހަކަ އަޑުއިވޭލެއް ގިނަކަމުން ފޫހިނުވާށެވެ! އެހައި ގިނައިން އެއަޑުއިވެނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. މިބުނާ ވާހަކައަކީ ރަމަޟާންމަހާއި ބައްދަލުވެ އެމީހެއްގެ ފާފަތައް ނުފޮހެވިއްޖެ މީހަކަށް ޖިބްރީލްގެފާނު ބަދުދުޢާކުރެއްވެވި ވާހަކައެވެ. ޖިބްރީލްގެފާނުގެ އެދުޢާއަށް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާމީން ވިދާޅުވި ވާހަކައެވެ.

އެކަމުން އެނގެނީ ރަމަޟާންމަހާއި ބައްދަލުވެ އެމީހެއްގެ ފާފަތައް ނުފޮހެވިއްޖެ މީހަކީ ގެއްލެނިވެގެންވާ މީހަކު ކަމެވެ. އަބާއްޖަވެރިއެއް ކަމެވެ. މީހަކަށް ލިބޭނެ އެއަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟  

މީސްތަކުންނޭވެ! ހީވާގިކަން އިތުރުކުރާށެވެ! ފަހުދިހަ ލިބިގަންނަން ޢަޒުމް ކަނޑައަޅާށެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރަމުން ގެންދާށެވެ. ދުނިޔޭގެ ކަންކަމާއިގެން އުޅުމާއި ދުރުހެލިވާށެވެ! ވީހާ ގިނަ ހެޔޮ ޢަމަލުތަކެއް ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން