ލޮބުވެތި އެކުވެރިންނޭވެ! ލައިލަތުލްޤަދްރިވިލޭރޭ އަހުރެމެންނާއި ދާދި އަވަހަށް ބައްދަލުކުރާނެއެވެ. އެރެއާއިމެދު އެނގެން އޮތް ހަމައެކަނި މިންވަރަކީ އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ކަމެވެ. މީގެ އިތުރުން ދެންހުރީ ޢިލްމްވެރިން ދެކެވަޑައިގަންނަވާ ގޮތްތަކެވެ.
ލައިލަތުލްޤަދްރިވިލޭރޭ ޢަދަދުކުރަންވެސް ނުއެނގޭނެހައި ގިނަ ޢަދަދަދެއްގެ މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާނެތެވެ. ވަޙިގެ މަލާއިކަތާ، ރަޙްމަތުގެ މަލާއިކަތާ ޖިބްރީލްގެފާނުވެސް ފައިބައި ވަޑައިގަންނަވާނެތެވެ.
އަހުރެންގެ ސުވާލަކީ އެރޭ ފަތިސްވަންދެން އެހުރިހާ މަލާއިކަތުން ބިމުގައި އުޅުއްވަވާނެއިރު އަދި ޖިބްރީލްގެފާނުވެސް އުޅުއްވަވާނެއިރު ތިބާއަކީ މިރަމަޟާންމަހު ނުވަތަ އެރޭ ޖިބްރީލްގެފާނު ޒިޔާރަތްކުރައްވަވާނެ އަޅަކަށްވުން އެދިގެން އެބަ މަސައްކަތްކުރަމުހެއްޔެވެ؟
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޖިބްރީލްގެފާނާއިމެދު ކޮންމެ މުސްލިމަކަށްވެސް އެނގެންޖެހޭނެ ބައެއް ކަންކަން-
ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި މީސްތަކުންނަށް ﷲ ތަޢާލާ ވަނީ ވަރަށް ގިނަ ނިޢުމަތްތައް މިންވަރު ކުރައްވަވައިފައެވެ. އެއިގެ ތެރެއިން އަހުރެންގެ ވިސްނުމުގައި އެންމެ ބޮޑު ނިޢްމަތަކީ މީސްތަކުންނަށް ހިދާޔަތު ދެއްކެވުމެވެ.
އެހެން ބުނަން މިޖެހެނީ އާދަމް ޢަލައިހިއްސަލާމް ދުނިޔޭގެ ބިމަށް ފޮނުއްވެވީންސުރެ ﷲ ތަޢާލާގެ ވަޙީ އެކަލޭގެފާނަށް ގެނެސްދެއްވެވި މެދުވެރިއަކީ ޖިބްރީލްގެފާނެވެ. ދުނިޔެ ފެށުނީންސުރެ ދޮނުއްވެވުނު 124،000 ނަބީބޭކަލުންނަށާއި 300 އަށްވުރެ ގިނަ ރަސޫލް ބޭކަލުންނަށް ﷲ ތަޢާލާގެ ޙަޟްރަތުން ވަޙީ ގެނެސްދެއްވެވީ ޖިބްރީލްގެފާނެވެ.
ވީމާ މިކަންކަމުން އެނގިގެންދަނީ ދުނިޔޭގައި މީސްތަކުން ލެއްވެވީންސުރެ މިއަދާއި ހަމައަށް ދިރިއުޅުނު ކޮންމެ މީހަކަށްވެސް ހިދާޔަތު ލިބުމުގައި ޖިބްރީލްގެފާނުގެ ދައުރެއް އެބަ އޮތްކަމެވެ. މީސްތަކުންނަށް ހިދާޔަތު ލިބިފައި މިވަނީ ހިދާޔަތު ﷲ ތަޢާލާގެ ޙަޟްރަތުން ޖިބްރީލްގެފާނު
ހުރިހާ ނަބީބޭކަލުންނަށާއި ރަސޫލް ބޭކަލުންނަށް ގެނެސްދެއްވެވުމުން ކަމުގައިވާތީއެވެ.
ހަމަ އެއާއިއެކު ވިސްނައިލާށެވެ. އަހުރެމެންނަށް ޒަމްޒަމް ފެން ލިބުމަށް ﷲ ތަޢާލާ މެދުވެރިކުރެއްވެވީވެސް ޖިބްރީލްގެފާނެވެ. ފެން ބިމުން އަރައިގަތީ ޖިބްރީލްގެފާނުގެ ފައިންޕުޅުން ޖެއްސެވުމުން ކަމުގައިވާތީއެވެ.
ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެކަން ފުރަތަމަ އަންގަވަނީ ޖިބްރީލްގެފާނަށެވެ. އެހެންމަލާއިކަތުންނަށާއި އުޑުތަކުގެ އެންމެހައި އަހުލުވެރިންނަށް އަންގަވަނީ ޖިންރީލގެފާނެވެ. ﷲ ތަޢާލާ މީހަކު ދެކެ ރުހިވޮޑި ނުގެންނެވިނަމަވެސް މެއެވެ.
Messenger of Allah, (ﷺ) said: "When Allah loves a slave, He calls Jibril (Gabriel) and says: 'I love so-and-so; so love him.' And then Jibril loves him. Then he (Jibril) announces in the heavens saying: Allah loves so-and-so; so love him; then the inhabitants of the heavens (the angels) also love him; and then people on earth love him. And when Allah hates a slave, He calls Jibril and says: 'I hate so- and-so, so hate him.' Then Jibril also hates him. He (Jibril) then announces amongst the inhabitants of heavens: 'Verily, Allah hates so- and-so, so you also hate him.' Thus they also start to hate him. Then he becomes the object of hatred on the earth also".
[Muslim].
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަށް ﷲ ތަޢާލާގެ ޙަޟްރަތުން ވަޙީ ގެނެސް ދެއްވެވުމުގެ އިތުރުން އިތުރު އެކަލޭގެފާނުގެ އެންމެ އަރިސް މިތުރަކީ ޖިބްރީލްގެފާނެވެ. ޖިބްރީލްގެފާނުގެ އަމިއްލަފުޅު ޙައިޘިއްޔަތުންވެސް ރަސޫލް އަށް ވަނީ އެތައް ގިނަ ހެޔޮ ނަޞޭޙަތްފުޅުތަކެއް ދެއްވަވައިފައެވެ. އެކަމުގެ ފައިދާ އަހުރެމެން އެންމެންނަށް މިދަނީ ކުރަމުންނެވެ.
އަދިވެސް ނިކަން ވިސްނައިލަބަލާށެވެ! ލޫޠުބާގައިގެ މީހުން ދިރިއުޅުނު ސަދޫމް ބަންޑުން ޖެއްސެވުމަށް ﷲ ތަޢާލާ އިރާދަކުރެއްވެވި ހިނދު އެކަން ވެގެން ދިއައީ ޖިބްރީލްގެފާނުގެ ފިޔަފުޅުން ކުޑަކުޑަ ގޮތަކަށް ޖައްސަވައިލެއްވެވުމުންނެވެ.
މިކަންކަމަކީ ކޮންމެ މުސްލިމަކުވެސް ދެނެގަތުން ވާޖިބު ކަންކަމެވެ. ނުއެނގިތިބެ ބުނެވޭ ބަސްތަކުން ލިބިދާނެ ބޮޑެތި ދެރަތަކުން ސަލާމަތްވެ ތިބުމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން