2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ރަމަޟާން މަހުވެސް އަޅުކަން ނުކުރަން ޝައިޠޯނުން ވަސްވާސް ދޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ރަމަޟާން މަހުވެސް އަޅުކަން ނުކުރަން ޝައިޠޯނުން ވަސްވާސް ދޭނެތަ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.    

މިއަދުގެ ސުވާލު:

ރަމަޟާން މަހުވެސް އަޅުކަން ނުކުރަން ޝައިޠޯނުން ވަސްވާސް ދޭނެތަ؟   

އެހީ:  

ދޭނެއެވެ! ސަބަބަކީ ﷲ ތަޢާލާ ރަމަޟާން މަހަށް ކަސްތޮޅު އަޅުއްވަވަނީ ޝައިޠޯނުންގެ ތެރެއިން އެންމެ ބޮޑެތި ޝައިޠޯނުންނެވެ. މާރިނދުންނެވެ. ކުދި ޝައިޠޯނުންތައް ވީއްލި ތިބޭނެއެވެ. އަދި އިންސާނުންގެ ތެރޭގައިވާ ޝައިޠޯނުންތައްވެސް އަޅުކަންކުރަން ހުރަސް އަޅާނެއެވެ.  

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ރަމަޟާން މަސް ފެށުމުން ރޯދައަށް ފައިދާނުކުރާނެ އަދި ރަމަޟާން މަހުގެ ޙުރުމަތާއި ކަރާމާތް ގެއްލޭނެ ގޮތަށް ކުޅިވަރާއި މަޖާ ކުރުމުގެ ޙަރަކާތްތައް ރާވައި މީސްތަކުން އަޅުކަމާއި ދުރުކުރުވަން ކަންކަން އިންތިޒާމްކޮށް ހިންގަނީ ޝައިޠޯނުންގެ ތެރެއިންވާ ބައެކެވެ.  

ވީމާ ހިފާ ރޯދައަށް ފައިދާނުކުރާނެ ކަންކަމާއި ރޭއަޅުކަންކުރަންހުރަސް އެޅޭ ގޮތަށް ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމަކީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ގެއްލުމެކެވެ.   

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން