ނަމާދުތަކުގައި މި ކިޔާ ޤުނޫތު ކިޔާއިރު ކޮންމެ ހުއްޓުމަކަށް ބާރަށް އާމީން ކިޔަން ޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނަމާދުތަކުގައި މި ކިޔާ ޤުނޫތު ކިޔާއިރު ކޮންމެ ހުއްޓުމަކަށް ބާރަށް އާމީން ކިޔަން ޖެހޭނެތޯ؟

އާދެ، އާމީން ކިޔުމަކީ މައުމޫމުން އިމާމާގެ ދުޢާގައި ބައިވެރިވުން. އެހެންވީމަ ހަމަ އިމާމު މީހާ ތަކުރާރުކޮށް މި ކިޔަމުންދަނީ ދުޢާތަކެއް. އެހެންވީމަ އެ ހަމަ ހުއްޓުންތަކުގަ އާމީން ކިޔަމުން ދިޔުމުގަ އެއްވެސްކަހަލަ މައްސަލައެއް އެއަކުއެއް ނުވެއްނެތް. ހަމަ އަޑުހަރުކޮށް އާމީން ކިޔުމުގަ ބައިވެރިވިޔަސް އެއަކު މައްސަލައެއް ނެތް. 

ބައެއް ބޭފުޅުން ވިދާޅުވެދާނެ ހަމައެކަނި ދުޢާއަށް ވާ ޢިބާރާތުގައޭ އާމީން ކިޔާނީ. ދެން އާންމުގޮތެއްގައި އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި މުޅި އެއްޗަކީ ދުޢާ. އެހެންވީމަ ދުޢާގެ ގޮތުން ކަމަކަށް އެދޭ ތަންކޮޅެއްވެސް އަތުވެދާނެ. ﷲ އަށް ޙަމްދު ބަޔާންކުރާ ތަންކޮޅެއްވެސް އަތުވެދާނެ. އެ ހުރިހާ ހާލަތެއްގައިވެސް ހަމަ އާމީން ވިދާޅުވާކަމަށް ވަނީނަމަ އޭގެ މާނައަކީ މުޅި އެ ދުޢާއަށް އެއްކޮށް އާމީން އެ ހަމަ ތަކުރާރު ކުރައްވަނީ. އެހެންވީމަ އޭގަ އެއްވެސް ގޯހެއް އޮތް ކަމެއް ކަމަކަށް ނުފެނެ. 

ޢަރަބި ނޭންގުނީމަވެސް ހަމަ އާމީން ކިޔަމުންދާނެ ދެއްތޯ؟ އެހެންވީމަ އެއީކީ އަނެއްހެން އޭގެ ޒާތުގަ މައްސަލައެއް ނޫނޭ. މުޅި ދުޢާއަށޭ އަސްލުގަ އޭނަ އާމީން އެ ކިޔަނީ. އެ ކޮންމެ، ވަކި ލަފްޒަކަށް ވަކި ތަންކޮޅަކަށް ނޫނޭ. މުޅި ދުޢާ، އަސްލުގަ އެ ދުޢާތެރޭގައި ﷲ ގެ މަތިވެރިކަން ބަޔާން ކުރެވިގެން ދިޔަ ކަމުގައިވިޔަސް އެ ހަމަ މުޅި ދުޢާއޭ. އާމީން އެ ކިޔަނީ މުޅި ދުޢާގެ ޢިބާރާތްތަކަށް އެއްކޮށްކަމަށް އަޅުގަނޑަށް ވިސްނެނީ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން