ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 15 އާ ހަމައަށް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 15 އާ ހަމައަށް އިތުރުކޮށްފި

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން 4000 ފްލެޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެހިފައިވާތީއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިކަން އިޢުލާނު ކުރަމުން ބުނެފައިވަނީ، މުއްދަތު އިތުރުކުރުމާއެކު ޝަކުވާ ހުށަހަޅާއިރު ބޭނުންވާ އިތުރު ތަފްސީލު ޕޯޓަލްގެ ތެރެއިން ލިޔުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމުގެ މަރުޙަލާގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް، ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު، ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކުގެ އަލީގައި ޝަރުތު ހަމަވާކަން ސާބިތުވާނަމަ، އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެއެވެ.

މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިތުރު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ވުޒާރާއިން ވަނީ އިތުރަށް ހާމަކޮށްފައެވެ. މިގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

މިއަދު އޮންލައިން