އެއާ އެމްބިއުލާންސް ސައިޓްގެ މަސައްކަތް މިނިސްޓަރު ބައްލަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެއާ އެމްބިއުލާންސް ސައިޓްގެ މަސައްކަތް މިނިސްޓަރު ބައްލަވާލައްވައިފި

އެއަރ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެއަރ އެމްބިއުލާންސްގެ ކަންކަން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ މިއަދު ވަނީ ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅުވައިގެން އެއާ އެމްބިއުލާންސް ސައިޓަށް ވަޑައިގެން އެއަރ އެމްބިއުލާންގެ މަސައްކަތް ބައްލަވާލައްވާފައެވެ. މިނިސްޓަރ އާއި އެކު ޓްރާންސްޕޮޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީންވެސް ބައިވެރިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވަނީ އިމަޖެންސީ މެޑިކަލް ޚިދުމަތްތައް ފުޅާކުރުމާއި ކުއްލި ހާލަތުގައި ފަރުވާ ދިނުމުގެ ދަތުރުތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

އެއަރ އެމްބިއުލާންސް ސައިޓަށް މިނިސްޓަރ ނާޒިމް މިއަދު ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް ޓްރާންސްޕޮޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން، އައިލޭންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް، އުރީދޫގެ އިސްވެރިން އަދި ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން