ހުރާ ދާއިރާގެ އިއްޒަތްތެރި މެންބަރ ޑޮކްޓަރ އަނާރާ ނަޢީމް އެ ދާއިރާގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައެވެ. މިބައްދަލުވުމުގައިކ.ހުރާ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އިތުރުން އަތޮޅު ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
ހަބަރު: ސަރުކާރު