ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް ސާމާނު ކަސްޓަމްސްއިން އަތުލައިގަތައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް ސާމާނު ކަސްޓަމްސްއިން އަތުލައިގަތައިފި

މެލޭޝިޔާއިން ރާއްޖެ އައި ތިން ފަސިންޖަރެއްގެ ފަރާތުން ވޭޕްކުރަން ބޭނުންކުރާ 2000 އަށްވުރެ ގިނަ ސާމާނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތައިފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ 18 ވަނަ ދުވަހު މެލޭޝިޔާއިން ރާއްޖެ އައި ފަސިންޖަރުންގެ ލަގެޖު ޗެކްކުރުމުގެ ތެރޭގައެވެ. އެ ފަސިންޖަރުންގެ ލަގެޖުގައި ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުން މި ތަކެތި ފެނިފައިވެއެވެ.

އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 1714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 96 ކެލިބަރން ކާޓްރިޖް، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވަރ ލިކުއިޑް ފުޅި ހިމެނެއެވެ. ޖުމްލަ 2062 އައިޓަމް މި އޮޕަރޭޝަނުގައި އަތުލައިގަނެވިފައިވެއެވެ.

ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުރާ ސާމާނަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

މިއަދު އޮންލައިން