އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް 10 ރުފިޔާއަށް އަގުހެޔޮކޮށް އިތުރު ބާވަތްތައްވެސް ހެޔޮ އަގުގަ ވިއްކާ ޕްރަމޯޝަނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް 10 ރުފިޔާއަށް އަގުހެޔޮކޮށް އިތުރު ބާވަތްތައްވެސް ހެޔޮ އަގުގަ ވިއްކާ ޕްރަމޯޝަނެއް ފަށައިފި

އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް 10 ރުފިޔާއަށް އަގުހެޔޮކޮށް އިތުރު ބާވަތްތައްވެސް ހެޔޮ އަގުގަ ވިއްކާ ޕްރަމޯޝަނެއް ފަށައިފިއެވެ.

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހަށް ކުރިއަށް ގެންދާ މިޕްރަމޯޝަންގައި އިންޑިއާ އަދި ޕާކިސްތާނު ފިޔާ ކިލޯއެއް ވިއްކާނީ އެންމެ 10 ރުފިޔާއަށް ކަމަށެވެ. އަދި 26 ކިލޯގެ އިންޑިއާ ފިޔާ ބަސްތާއެއް ވިއްކާނީ 200 ރުފިޔާއަށް ކަމަށާއި 15 ކިލޯގެ ޕާކިސްތާން ފިޔާ ބަސްތާއެއް ވިއްކާނީ 140 ރުފިޔާއަށް ކަމަށެވެ 

މީގެ އިތުރުން މިޕްރަމޯޝަންގައި:

ކްރިމްސަން މޭބިސްކަދުރު ކިލޯއެއް 50 ރުފިޔާއަށް ވިއްކާނެއިރު 4 ކިލޯގެ ފޮށްޓެއް ވިއްކާނީ 180 ރުފިޔާއަށެވެ. 

ކެރެޓްކިލޯއެއް 20 ރުފިޔާއަށް ވިއްކާނެއިރު 10 ކިލޯގެ ކޭހެއް ވިއްކާނީ 180 ރުފިޔާއަށެވެ. 

ފެހި އާފަލެއް 5 ރުފިޔާއަށް ވިއްކާނެއިރު ކޭހެއް ވިއްކާނީ 550 ރުފިޔާއަށެވެ. 

1400 ގްރާމްގެ ކުކުޅެއް 67 ރުފިޔާއަށް ވިއްކާނެއިރު 10 ކުކުޅުގެ ކޭހެއް ވިއްކާނީ 572 ރުފިޔާއަށެވެ. 

މީގެ އިތުރުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރަމޯޝަނުގައި:  

420 ގްރާމްގެ ޗިކަން ބަފަލޯ ވިންގްސް ޕެކެޓެއް 35 ރުފިޔާއަށް،

450 ގްރާމްގެ ޗިކަން ބާގާ ޕެކެޓެއް 22 ރުފިޔާއަށް،

700 ގްރާމްގެ ޗިކަން ނަގެޓްސް ޕެކެޓެއް 50 ރުފިޔާއަށް،

1 ކިލޯގެ ޗިކަން ކްރިސްޕީ ވިންގްސް ޕެކެޓެއް 50 ރުފިޔާއަށް،

480 ގްރާމްގެ ޗިކަން ކްރޮކްއޭ ޕެކެޓެއް 30 ރުފިޔާއަށް،

450 ގްރާމްގެ ކުކުޅު ކުރަނޑި ޕެކެޓެއް 50 ރުފިޔާއަށް،

360 ގްރާމްގެ ޗިކަން ކަބާބް ޕެކެޓެއް 10 ރުފިޔާއަށް،

700 ގްރާމްގެ ޗިކަން މިނީ ސްޓްރިޕްސް ޕެކެޓެއް 60 ރުފިޔާއަށް،

700 ގްރާމްގެ ޗިކަން ޕޮޕްކޯން ޕެކެޓެއް 30 ރުފިޔާއަށް

އަދި 700 ގްރާމްގެ ޗިކަން ޓެންޑަރ ފިލޭ ޕެކެތެއް 60 ރުފިޔާއަށް ވިއްކާނެއެވެ.

މިއިން ކޮންމެ ބާވަތެއްވެސް ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ޚާއްޞަ ހެޔޮ އަގުތަކުގައި ވިއްކާނެއެވެ.

 

މިއަދު އޮންލައިން