ރަމަޟާން މަހު ނުބައި ވިސްނުން އައުން: ޝައިޚް ބިލާލް އައްސަދް

ކިޔުމަށް ހޭދަވާނީ 1މ 48ސ
ރަމަޟާން މަހު ނުބައި ވިސްނުން އައުން: ޝައިޚް ބިލާލް އައްސަދް

ޢާއިޝަތު ރަފާޙް ޢަލީ

 

ރަމަޟާން މަހު ޝައިޠާނުން ޗޭނު އަޅައިފަވާއިރުވެސް ރަމަޟާން މަހު ނުބައި ޚިޔާލުތައް އަޅުގަނޑަށް ލިބެނީ ކިހިނަކުންހެއްޔެވެ؟ 

ތިޔަބައިމީހުން މުޅި އަހަރު ދޮގުހަދައިގެން فاسق ކަމާއި، ހަރާމް ކަންތައްތަކުން އެއްކިބާނުވެ އުޅޭނަމައެވެ. 

އަދި ތިޔަބައިމީހުންގެ ސިކުނޑިއާއި ޙާލަތު ދުނިޔެ އަތުލައިފިއެވެ.

އަދި ތިޔަބައިމީހުން ކުރި ކަމަކީ މުނިފޫހިފިލުވުމާއި ތަނަވަސްކަމުގައި އުޅުމެވެ.

ދެން ތިބާ ރަމަޟާން މަހަށް މާ ބޮޑަށް ތައްޔާރުވެގެން ނޫޅެވޭނެއެވެ. ތިބާއަށް ތައްޔާރުވެވޭ ހެއްޔެވެ؟

ތިބާއަށް ތައްޔާރުވުމަށް ވަގުތުކޮޅެއް ބޭނުންވާނެއެވެ. 

އެހެންވީމާ، ފުރަތަމަ ހަފުތާގައި ނުވަތަ ދެވަނަ ހަފުތާގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އުނދަގޫވެއެވެ. އަދި الحمد لله މަސް ނިމުމުގެ ކުރިން ވަރަށް ރަނގަޅުވެއެވެ.

ރަމަޟާން މަސް ނިމޭއިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެކަން އިހުސާސްވެ ބަދަލު އަންނަކަން ފާހަގަކުރެވެއެވެ. 

ޢިލްމުވެރީން ހިތާބެހޭގޮތުން ވާހަކަ ދެއްކެވީ، ފަޅުބިމެއް ފަދައިންނެވެ. ތިބާގެ ހިތާއި، ތިމަންނަގެ ހިތްވަނީ، ފަޅުބިމެއް ފަދައިންނެވެ.

ފަހެ، އެ ބިމުގައި ގަސްގަހާގެހި ވާނަމަ، އެ ބިމަކީ، ފަޅުބިމެއްކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރަނގަޅު އޮށް އިންދަން އަންނާށެވެ! ޓޮމާޓޯ ނުވަތަ ލެޓިއުސް ބުނަމާ ހިނގާށެވެ. ތިޔަބައިމީހުން އެ ބިމުގައި އިންދަން ބޭނުންވާ ކޮންމެ އެއްޗެކެވެ. 

އެކަމަކު އެ ފަސްގަނޑުގައި ވަރަށް ގިނަ ގަސްގަހާގެހި ހުރެއެވެ. ތިޔަބައިމީހުން އެ ރަނގަޅު ގަސްތައް ފަސޭހައިން އުފެދިގެން ދާނެކަމަށް ހީކުރަނީ ހެއްޔެވެ؟

އެފަދަ ގަސްގަހާގެއްސަކީ، ތިބާއަށް ކުރީން ކުރެވިފައިވާ ފާފަތަކާއި، ނުބައި ޢަމަލުތައް ފަދައިންނެވެ.

އޭގެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތިމަންމެންގެ ހިތުގެ ވަށައިގެން އެއުރެން އުފެދިގެން ގޮސްފައިވެއެވެ. 

ދެން ތިމަންމެން އައިސް ނަމާދު ފަދައިން ރަނގަޅު އޮށް އިންދަން ބޭނުންވާހިނދެވެ. ޤުރްއާން ކިޔެވުމާއި، ޒިކުރު ކުރުމެވެ.

ރޯދަހިފުމަކީ ފެށުނީއްސުރެ ކުރަން އެހާ ފަސޭހަވެދާނެ ކަމެއް ނޫނެވެ. ނަމަވެސް ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން ދާއިރު ނުބައި ފާފަތައް ނެތިގެން މަރުވެގެން ދާނެއެވެ.

ކުއްލިއަކަށް ތިބާއަށް ހެޔޮކަން އިހުސާސްކުރެވެން ފަށާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން