2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފަހު ދިހައިގަވާ އޮނަހިރި ރޭތަކަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފަހު ދިހައިގަވާ އޮނަހިރި ރޭތަކަކީ ކޮބާ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. 

މިއަދުގެ ސުވާލު:

ފަހު ދިހައިގަވާ އޮނަހިރި ރޭތަކަކީ ކޮބާ؟ 

އެހީ:

ފަހު ދިހައިގަވާ އޮނަހިރި ރޭތަކަކީ 21 23 25، 27 އަދި 29 އެވެ. އޮނަހިރި ޢަދަދުތަކަކީ 2 ން ގެއްލައި ހުސްނުކުރެވޭ ޢަދަދުތަކެވެ. މުހިންމު ކަމަކީ ކޮންމެ ރެއަކުވެސް އަޅުކަންކުރުން ގިނަކުރުމެވެ. އޮނަހިރިރޭ ތަކުގައި ތަންކޮޅެއް ގިނަކުރާނީއެވެ. ނަމަވެސް އެހެން ރޭތަކުގައި ކަންނެތް ވެގެން ނުވާނެއެވެ. 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

މިއަދު އޮންލައިން