ވުޟޫކުރުމަކީ ކޮންމެހެން ކުރަންޖެހިގެން ކުރާކަމަކަށް ހަދައިގެން ފުދޭކަށް ނެތް! ވުޟޫކުރުން ގިނަކުރިވަރަކަށް ލިބެން އޮތް ފައިދާ މާބޮޑު!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ވުޟޫކުރުމަކީ ކޮންމެހެން ކުރަންޖެހިގެން ކުރާކަމަކަށް ހަދައިގެން ފުދޭކަށް ނެތް! ވުޟޫކުރުން ގިނަކުރިވަރަކަށް ލިބެން އޮތް ފައިދާ މާބޮޑު!: ޝައިޚް އަބޫބަކުރު ޒައުދު

ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް ކުރެވެން އޮތީ ވުޟޫކޮށްގެންނެވެ. އަދި މުޞްޙަފް އުފުލައިގެން (ނަގައިގެން) ކިޔެވެން އޮތީ ވެސް ވުޟޫކޮށްގެންނެވެ. އެެހންވެ ގިނަ ބައަކު ވުޟޫކުރުމާއިމެދު ވިސްނަނީ ހަމައެކަނި މިކަންކަން ކުރަން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. 

ވުޟޫކުރުމުން ލިބެން އޮތް ފައިދާ މާބޮޑެވެ. ސަބަބަކީ ވުޟޫކުރުމަށް ގުނަވަންތަކުގައި ފެންލުމުން ފެންއޮހޮރިގެންދާއިރު އެގުނަވަނަކުން ކުރެވިފައިވާ ކުދި ފާފަފަތައް އެމީހަކާއި ވަކިވެގެންދެއެވެ. ފެނާއިއެކު އޮހޮރިގެން ފައިބައެވެ.  

މިޘާލަކަށް އަހުރެމެންނަށް އެންމެ ގިނަ ފާފަ މިކުރެވެނީ ލޮލާއި ދޮލުންނެވެ. އަނގައިންނެވެ. އަނގައާއި މޫނަށް ފެންލުމުން އެގުނަވަންތަކުން ކުރެވިފައިވާ ފާފަތައް އޮހޮރި ފައިބައިގެންދާނެއެވެ. އަތަށް ފެންލުމުންވެސްމެއެވެ. ވީމާ އެމީހަކަށް އެކަމުން ކުރާނެ ބޮޑު ފައިދާ ހިތަށް ގެންނާށެވެ!  

ބައެއް ފަހަރު ޤަޞްދަކާއި ނުލައިވެސް ފާފަތައް ކުރެވެއެވެ. އަދި މާބޮޑު ސަމާލުކަމެއް ނުދެވި ބައެއް ކުދި ފާފަތައްވެސް ކުރެވެއެވެ. ވީމާ ވުޟޫކުރުމަކީ އެފަދަ ފާފަތައް ފުހެލެވެން އޮތް ވަރަށް ފަސޭހަ މަގަކަށް ވުމުން ވުޟޫކުރުން ގިނަކޮށް ފާފަތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ކުރަން އެންމެ ފައިދާހުރި އެއްކަންތަކެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން