އިމާމް ޝާފީ ރަޙިމަހުﷲ އެންމެ ފަހު ވުގުތު ވިދާޅުވި ބަސްފުޅުތަކުގެ ތެރެއިންވެސް މުހިންމު ބަސްފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އިމާމް ޝާފީ ރަޙިމަހުﷲ އެންމެ ފަހު ވުގުތު ވިދާޅުވި ބަސްފުޅުތަކުގެ ތެރެއިންވެސް މުހިންމު ބަސްފުޅެއް!

އިމާމް ޝާފިޢީ ރަޙިމަހުﷲ، ދުނިޔެ ދޫކުރެއްވި ދުވަހުގައި އެކަލޭގެފާނުންގެ އެންމެ ޚާއްސަ ތިލްމީޒް ދަރިވަރު މުޒެއިނީ ރަޙިމަހުﷲ ވެދެވަޑައިގެން ވިދާޅުވަނީ --- " މިއަދު ކިހިނެއްހެއްޔޭ ހާލު؟"  އެހިނދު ވިދާޅުވަނީ --- "ތިމަންނަ މިއަދު މިވަނީ ދުނިޔެއިން ނިކުމެގެން ދާ މީހެއްގެ ގޮތުގައެވެ." --- " ތިމަންނަގެ ވަށައިގެން ތިބި އަޚުންނާއި ވަކިވާ މީހެއްގެ ގޮތުގައެވެ." --- " ތިމަންނަގެ ނުބައި ޢަމަލުތަކުގެ ނަތީޖާއާ މިއަދު ބައްދަލު ކުރަން ޖެހިފައޭ މިވަނީ." --- " އަދި ތިމަންނަ މިވަނީ މަރުގެ ރަހަ ދެކުމުގެ ތުންފަތް މަތީގައެވެ." --- " އަދި ﷲ އާ ތިމަންނަ ބައްދަލުކުރަން ޖެހިފައޭ މިވަނީ." --- " ތިމަންނައަކަށް ނޭންގެއޭ ތިމަންނަގެ ނަފްސު ސުވަރުގެއަށް ދާތީ އެ ނަފްސަށް ތިމަންނަ ތަހުނިޔާ ކިޔަންވީކަމެއް." --- "އެ ނަފްސު ނަރަކައަށް ދާނެތީ ތިމަންނަ ނަފްސަށް ތަޢުޒިޔާ ކިޔަންވީކަމެއް."

ޢިމާމު ޝާފިޢީ ރަޙީމަހުﷲ، އަކީ އެކަލޭގެފާނުގެ މުޅި ޙަޔާތް ﷲ އަށްޓަކާ ޤުރުބާން ކުރެއްވި ބޭފުޅެއް. އެހެންނަމަވެސް ދުނިޔެއިން ވަކިވެވަޑައިގެންނެވި ވަޤުތުގައިވެސް ތަޤުވާވެރިކަމުގެ މަގު އިޚްތިޔާރު ކުރެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެކަލޭގެފާނަށް ކުރިމަތިލާން ޖެހިދާނެ ނުރައްކަލަކަށް ކަންބޮޑުވެ ވަޑައިގެންނެވި.

ދެން ކީރިތި ކުރައްވަމުން ވިދާޅިވީ --- " ތިމަންނަގެ ހިތް ހަރުވެ ތިމަންނަ ސަލާމަތް ވާނެ އެންމެހާ މަގުތައް ތިމަންނައަށް ބަންދު ވެއްޖެހެން ހީވީމާ"  --- " އިބަ އިލާހުގެ ރަޙްމަތަށް ތިމަންނަ ކުރާ އުއްމީދު އެއީ ތިމަންނަ ސަލާމަތް ވާނެ މަގު ކަމުގައި ތިމަންނަ ޚިޔާރު ކުރީމެވެ." --- " ތިމަންނަގެ ފާފަތައް ތިމަންނައަށް ބޮޑުވި ހިނދުގައި އެ ފާފަތައް ތިމަންނަ އަޅާކީމުއެވެ." --- " އޭ އަޅުގެ ވެރި އިލާހު! އިބަ އިލާހުގެ ޢަފޫއާއި އިބަ އިލާހުގެ މަޢާފު ކުރެއްވުމާއި އިބަ އިލާހުގެ ފުއްސެވުމާއި އަޅާ ކީހިނދުގައި." --- "އިބަ އިލާހުގެ ފުއްސެވުމާޢި ރުއްސެވުން ތިމަންނަގެ ފާފަތަކަށް ވުރެ މާ ބޮޑުކަމުގައި ތިމަންނައަށް ފެނުނެވެ." --- " އިބައިލާހުއީ އަބަދުވެސް ހުރިހާ ހާލަތެއްގައިވެސް ފާފަ ފުއްސެވުމުގައި ދެމިވޮޑިގެންވާ އިލާޙެވެ." --- "އިބަ އިލާޙު އެ ނިޢުމަތް ދެއްވަނީ އިބަ އިލާހު ގެ ހަޒްރަތުން ވާ ފަޟުލުވަންތަވެރިކަމާއި މިންނަތެއްގެ  ގޮތުގައެވެ. އެއްވެސް ޙާލެއްގައި އެ ނިޢުމަތް އަޅުގަނޑުމެންނަށް ޙައްޤުވާތީކީ ނޫނެވެ.

މީ ތަޤުވާގެ އަހުލިވެރިން ދުނިޔެ ދޫކުރާ ގޮތް.

 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

މިއަދު އޮންލައިން